Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަޔޮގްރަފީ ފޮތް ނެރުމަށް ބޭއްވި ޙަފްލާގެ ތެރެއިން --

21 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ނައިބު ރައީސްގެ ބަޔޮގްރަފީ ފޮތް ނެރެފި

ޒުވާން ނޫސްވެރިޔާ އަޙްމަދު ސާޢިލް ޢަލީ ލިޔުއްވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ބަޔޮގްރަފީ ފޮތް، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ ޒާހިރު ހުސައިން ނެރެދެއްވައިފިއެވެ.

މިފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހޯލުގައެވެ. 

މިފޮތް ނެރުމަށް، "50 ފައިސަލް"ގެ ނަމުގައި ރޭ ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި، އެމަނިކުފާނުގެ ރަޙްމަތްތެރީން ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ 50 ވަނަ އުފަންދުވަހާއި ގުޅުވައިގެން އެމަނިކުފާނުގެ ބަޔޮގްރަފީ ފޮތް ނެރުނު އިރު، އެފޮތުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޒާތީ ޙަޔާތްޕުޅާއި، ސިޔާސީ މަސައްކަތްޕުޅާއި، އަދި ކާމިޔާބި ތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ، މިބައްދަލުވުމުގައި، ބައިވެރީންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އިޖުތިމާޢީ އަދި ސިޔާސީ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.