Advertisement

24 Jul 2023
ޚަބަރު
މިފްތާޙް މުޙައްމަދު

ރާއްޖެ އާއި އިންޑިއާގެ އިމިގްރޭޝަނުން ފަހުމްނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިމިގްރޭޝަނާއި އިންޑިއާގެ ބިއުރޯ އޮފް އިމިގްރޭޝަނާއި ދެމެދު ފަހުމްނާމާއެއްގައި 24 ޖުލައި 2023 ވީ ހޯމަ ދުވަހު ސޮއިކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއީ ދެ މުއައްސަސާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެކެވެ.  

މިނިސްޓަރީ އޮފް ފޮރިން އެފެއާޒުގައި ކުރިޔަށްދިޔަ މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިނެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ޖޮއިންޓު ސެކްރަޓަރީ، މިނިސްޓަރީ އޮފް ހޯމް އެފެއަރޒް އޮފް އިންޑިއާ، ސުމާންތް ސިންގެވެ.

މި އެއްބަސްވުމުގެ ސަބަބުން އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވާނެކަމަށް އިމިގްރޭޝަނުން ހާމަ ކޮށްފައިވެއެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި, މި އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅުން ހުރި މަޢުލޫމާތު ބަދަލު ކުރުމަށާއި، ބޯޑަރ ކޮންޓްރޯލް މެނޭޖުމަންޓު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ. މިގޮތުން އިމިގްރޭޝަން ޚިދުމަތްތައްތަކާއި ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އިންސާނީ ވަގުފާރިއާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

މިކަމަށް އަލިއަޅުވާލައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އޮނޮރަބަލް އަބްދުٱللَّٰ ޝާޙިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މިއީ ދެ ޤައުމުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށާއި, މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިމިގްރޭޝަން އޮފިސަރުންގެ ޤާބިލްކަން އިތުރުކުރުމަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.