Advertisement

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ---

23 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނުގެ ވަކީލުން ހުށައެޅި މައްސަލަ ސްޕްރީމް ކޯޓުން ބަލައެއް ނުގަތް

ރައީސް ޔާމީނުގެ ހައްޤުތައް ގެއްލިފައިވާ ކަމަށް ބުނެ، ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހުށައެޅި މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެމައްސަލަ ބައިލައި ނުގަތުމަށް އެކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލައެއް ހުށައެޅީ، ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވުމާއެކު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެޙައްޤުތައް ކަށަވަރުކުރުމަށް ކަމަށެވެ.

އެމައްސަލަ ބަލައި ނުގަތުމަށް ސްޕްރީމްްކޯޓުގެ ރެޖިސްޓްރަރ ނިންމެވީ، ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އެމައްސަލައަކީ، ކޯޓުތަކުގެ ޤާނޫނުގައި ބުނެފައިވާފަދަ ދުސްތޫރީ މައްސަލައެއް ކަމުގައި ނުވާތީއެވެ. ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުން އެމައްސަލަ ހުށައެޅުއްވުމުން ބައެއް ޤާނޫނީ ވަކީލުންވެސް ވަނީ އެއީ ދުސްތޫރީ މައްސަލައެއް ނޫންކަން ފާހަގަކޮށްފައެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނެރޭނެ ކެންޑިޑޭޓަކީ، ރައީސް ޔާމީނުކަމަށް ކަނޑައަޅައި އެމަނިކުފާނަށް ޕީޕީއެމްއިން ރިޔާސީ ޓިކެޓް އަރުވާފައި ވީނަމަވެސް، ޤާނޫނު އަސާސީއާ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ރައީސް ޔާމީނުގެ ކިބައިގައި ފުރިހަމައެއް ނުވެއެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތަކީ، ޖިނާާޢީކުށެއް ޝަރީއަތަށް ސާބިތުވެ 12 މަސްދުވަހުގެ ޙުކުމެއް އައިސްފައިވާ މީހަކު ނަމަ، އެމީހަކަށް އިންތިޚާބުގައި ވާދަކުރެވޭނީ، އަދަބު ތަންފީޒްކޮށް ނިމުނުތާ ނުވަތަ އަދަބު މަޢާފްކޮށްދިންތާ 3 އަހަރު ވުމަށް ފަހުގައެވެ. ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމް އިއްވާފައިވާ އިރު، ޙުކުމްތަންފީޒު ކުރެއްވުމަށްޓަކައި މިހާރުވެސް އެމަނިކުފާނު ހުރީ ޖަލުގައި ބަންދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.