Advertisement

އަޙްމަދު ޝާހިދު

23 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ކުރީގެ މަޝްހޫރު ކޮމޭޑިއަން އަހުމަދު ޝާހިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި

އަދަބިއްޔާތާއި މުނިފޫހި ފިލުމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، އަޙްމަދު ޝާހިދު ޙަލީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

އަޙްމަދު ޝާހިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އިރު އައިޖީއެމް ހޮސްޕިޓަލްގައި އޭނާއަށް އައީ ފަރުވާ ދެމުންނެވެ. އަޙްމަދު ޝާހިދުގެ ދަރިކަލުން އަދި ޓީވީ ޕްރެޒެންޓަރ މޫސާ ރިޟުވާން ވިދާޅުވެފައިވާ ގޮތުގައި، އަޙްމަދު ޝާހިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިއަދު ހެނދުނުއެވެ. އަދި ޝާހިދަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އަޙްމަދު ޝާހިދު ޙަލީމް ބޮޑަށް މަޝްހޫރުވެފައި ވަނީ، ކޮމެޑީ އެކްޓަރެއްގެ ގޮތުގައެވެ. ތަމްސީލްތަކާއި ޑްރާމާތަކުގައި އަދި ޓީވީ ޝޯވތަކުގައި އޭނާ މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. ޚާއްސަކޮށް ޓީވީއެމްގެ އެންމެ ކުރީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ބަޚަބަރު އަދި އެހެން ބައެއް ޝޯވތަކުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ކޮމޭޑިއަން އެކްޓަރެއްގެ އިތުރުން އަޙްމަދު ޝާހިދަކީ، ދިވެހި ޅެންވެރިކަމަށްވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މުނިފޫހި ފިލުވުމުގެ ދާއިރާއިން އާއްމު ޚިދުމަތުގެ ހިއްވަރު ދިނުމުގެ އިނާމްވެސް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.