Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --

24 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

މި ދައުރުގެ ތެރޭގައި ކޭމްޕްދާނެ ރަށެއް ކަނޑައަޅުއްވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ސްކައުޓުންނާއި ގާލްގައިޑުން، މި ދައުރުގެ ތެރޭގައި ކޭމްޕްދާނެ ރަށެއް ކަނޑައަޅުއްވައި ދެއްވާނެ ކަމުގައި ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރާ، ސްކައުޓުންނާއި ގަރލް ގައިޑުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، މާފަންނު ސޯޝަލް ސެންޓަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމަށްފަހުގައި، އޭގެ ކުރިން ހީނަރުވަމުންދިޔަ އެ ދެ އެސޯސިއޭޝަންގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ކޯވިޑުގެ ޢާލަމީ ވަބާއާ އެކުގައި، އެހެން ހުރިހާ ކަމަކަށްވެސް ކުރިމަތިވެގެން ދިޔަ  ހުރަސްތައް އެކަމުގައިވެސް ކުރިމަތިވެފެން ދިޔަ ކަމަށެވެ. އަދި ސްކައުޓުންނާއި ގަރލްގައިޑުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޖަމްބޮރީތަކާއި ކޭމްޕްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ނެތުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބައްދަލުކުރި ކޮންމެ ފަހަރަކު ތިޔަބޭފުޅުންނަށް ދަންނަވާފައިވާނެ، ތިޔަބޭފުޅުން ކޭމްޕް ދާނެ ރަށެއް އަޅުގަނޑުމެން ހޯދައިދޭނެ ވާހަކަ. އެ މަސައްކަތް ކުރުމުގެ މަގުމަތީގައި އޮއްވައި އަޅުގަނޑުމެންނަށް މި ދަތި އުނދަގޫ ދިމާވީ. އެހެން ނަމަވެސް، މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް ތިޔަބޭފުޅުންނަށް އަރުވަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، ތިޔަބޭފުޅުންނަށް ކޭމްޕް ދާނެ ރަށެއް، ޚާއްޞަކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ."

ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ސްކައުޓުންނަކީ، އަދި ގައިޑުންނަކީ، މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ، ވަރަށް ހުނަރުވެރި ބައެއްކަމަށެވެ. މިގޮތުން، ދެކުނު ކޮރެއާގައި ބާއްވާ މި އަހަރުގެ ޖަމްބޮރީގައި 170 އަށްވުރެ ގިނަ ޤައުމު ބައިވެރިވާއިރު، މިފަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ހިމެނިފައިވާ ދިވެހި ސްކައުޓް ލީޑަރ ޢަލީ ޝަފާޢަތު މަނިކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޙްނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސްކައުޓް ޖަމްބޮރީއަކީ، ޒުވާނުންނަށް އަމާޒުކޮށްގެން، ވަރަށް މުހިންމު މަޤްޞަދެއްގައި ބާއްވާ، ވަރަށް ބޭނުންތެރި ޙަރަކާތެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.