Advertisement

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލް

26 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މިޤައުމު، މިޕާޓީގެ މެމްބަރުންނަށް މާބޮޑު: ފައްޔާޒް

ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މިޤައުމު މިޕާޓީގެ މެމްބަރުންނަށް މާބޮޑކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ދެއްވި، ވީޑިއޯ ޚިޠާބެއްގައެވެ.

މިއަދަކީ، 26 ޖޫން 2005ގައި އެމްޑީޕީ ރަޖިސްޓްރީކުރިތާ 18 އަހަރު ފުރުނު ދުވަހެވެ.

ފައްޔާޒުގެ ޚިޠާބުގައި އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާޞަބާގައި ޕާޓީގެ މެމްބަރުންނަށާއި އާއްމުންނަށް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން ފާއިތުވި 18 އަހަރު އެމްޑީޕީއަށް ކުރިމަތިވި ގޮންޖެހުންތަކާއި، ޕާޓީގެ މެމްބަރުން އުފުލަންޖެހުނު ތަކުލީފުތަކާއި، އެމްޑީޕީގެ ފުރަތަމަ ވެރިކަން ގެއްލި ދިޔަ ގޮތުގެ ހަނދާންތައް ފައްޔާޒުގެ ޚިޠާބުގައި އައުކުރެއްވިއެވެ. އަދި އެމްޑީޕީގެ ތެރޭގައި މިފަހުން އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ މައްޗަށްވެސް ނުސީދާ ގޮތެއްގައި ފައްޔާޒް ވާހަކަފުޅުދެއްކެވިއެވެ.

ފައްޔާޒް ވިދާޅުވީ، މިއަދުގެ ކާމިޔާބީއަށް އެމްޑީޕީ ވާޞިލްވެފައި މިވަނީ، ފަސޭހަ ދަތުރަކުން ނޫންކަމަށާއި، އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާކަމަށެވެ. ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެ، ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ވަނީ އެކަން ބަރުދާސްތުކޮށްފައި ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

"މިތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިޔަށް އޮތްތަނުގެ ކާމިޔާބިއަށް ހުޅުވައި ލެވުނު އައު ދޮރެއް. އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މިޤައުމު މިޕާޓީގެ މެމްބަރުންނަށް މާބޮޑު. އެފަލްސަފާ މިޕާޓީގައި އަށަގަތުމަކީ މިޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިއަދަކީ އެމްޑީޕީ ޅަފަތުން އަރައިގަތް ދުވަސް. 18 އަހަރު ފުރުމަކީ ތަޞައްރަފް ފުދުން. އަމިއްލަ ފައިމައްޗަށް ތެދުވެ ދެކޮޅު ހޯދައި ބަލާލުމަށް އެމްޑީޕީއަށް ފުރުޞަތު ލިބިފައި މިވަނީ ވަރަށް، މުހިއްމު ދަނޑިވަޅެއްގައި. މިއަދު އެމްޑީޕީގެ މެމްބަރުން ކުރަން އޮތް ކަމަކީ، އެކީއެކަށް އެއްބާރުލައި ނުކުމެ، މިޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރުން. ފާއިތުވި 5 އަހަރު ހޯދުނު ކާމިޔާބީ ޒަމާންތަކަށް ދެމެހެއްޓޭނޭ ގޮތަކީ އެއީ."

ފައްޔާޒް އިސްމާޢީލް އެމްޑީޕީގެ ޗެއަރ ޕާސަން

އެމްޑީޕީގެ 18 އަހަރުވީ ތާރީޚުގައި ސިޔާސީ ގޮތުން ވެއްޓުމާއި އެރުމުގެ އެތައް ތަޖުރިބާއެއް އެމްޑީޕީން ވަނީ ކޮށްފައެވެ. ރާއްޖޭގެ ފުރަތަމަ ގިނަ ޕާޓީތައް ބައިވެރިވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައި ނަމަވެސް 2012 ވަނަ އަހަރު ވެރިކަން ވެއްޓިގެން ދިޔައެވެ.

އަދި އޮގަސްޓް 12، 13 އާއި، ފެބުރުއަރީ 2012ގެ 6، 7، އަދި 8 ވަނަ ދުވަހަކީ އެމްޑީޕީގެ ތާރީޚުގައި އައި ކަޅު ދުވަސްތަކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކާމިޔާބު ކުރެއްވުމަށްފަހުގައި، އޭރު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވި، ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އަރިހުގައި ރާއްޖެ ގެންނެވި ދުވަހު، މުޅިމާލޭގެ މަގުތަކަށް އެތައް ހާސް ރައްޔިތުންނެއް މަރުޙަބާ ދެންނެވުމަށް ނުކުތް އިރު، އެދުވަހަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮުޑު ސިޔާސީ އެއްވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.