Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ދިންގޮތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

30 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ގޯތި ލިބުނު މީހުންގެ ލިސްޓުގައި ބިދޭސީ 10 މީހުން އޮތްކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ތެރޭގައި ބިދޭސީ 10 މީހަކު ހިމެނިފައިވާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް ހައުސިންގ މިނިސްޓްރީން ދޮގުކޮށްފިއެވެ.

އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި ލިބޭ މީހުންގެ ލިސްޓުގައި ބިދޭސީ 3 މީހަކު ހިމެނިފައިވާ ކަމަށާއި އެގޮތަށް ދިމާވެފައި ވަނީ އޮޅުމަކުން ކަމަށެވެ. މީގެ ކުރިން އަކްރަމް ވަނީ އެހެން ދިމާވި ސަބަބުވެސް ތަފްޞީލްކޮށްދެއްވާފައެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޯތީގެ މައްސަލައިގައި އާއްމުންގެ ހިތްތަކުގައި ނަފްރަތާއި ފިޠުނަވެރިކަން އުފެއްދުމަށްޓަކައި ދޮގުވާހަކަތައް މީސް މީޑިއާގައި ފަތުރަމުންނެވެ.

އަކްރަމް ވިދާޅުވީ، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ހާމަކުރާނީ، މިހާރު ފާހަގަވެފައިވާ އިތުރު މައްސަލަތައް ބެލުމަށް ފަހު، އެކަންކަން އިޞްލާޙްކޮށްފައި ކަމަށެވެ.

ޖޫން 26 ވަނަ ދުވަހު، އިޢްލާނުކުރި ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ވަނީ، ޖުލައި 15 ދުވަހުގެ 23:59 އާއި ހަމައަށް ހުޅުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.