Advertisement

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ދެއްވި ޕްރެސް ސްޓޭޓްމެންޓްގެ ތެރެއިން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

12 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ސޭޝެލްސްއާ ރާއްޖޭގެ މެދުގައި ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވެވުމަކީ އުފަލެއް: ރައީސް

ސޭޝެލްސްއާ ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވެވުމަކީ އެކަމާއިމެދު އުފާފުޅު ކުރައްވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސޭޝެލްސްގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކާއި އެއްބަސްވުންތަކުގައި ސޮއެކުރުމުގެ ރަސްމިއްޔާތަށް ފަހު ދެބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

 ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،  ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔުމަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށާއި، މި ޖަޒީރާ ދެ ޤައުމު ތަޖުރިބާ ކޮށްލުމަށް ކެތްމަދުވެފައި ތިބި ފަތުރުވެރިންނަށް، ރާއްޖޭގައި ސަނީ ސައިޑް އޮފް ލައިފް ތަޖުރިބާކޮށްލައި، އެނަދަރ ވާރލްޑް ސީޝެލްސްގައި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތުވެސް މިއާއެކު ލިބިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔުމަކީ، ލިބިވަޑައިގަންނަވާ ނުހަނު ބޮޑު އުފަލެއް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތު ފުޅާވެ، ދެ ޤައުމުގެ ދެމެދުގައި ހިނގާ މުޢާމަލާތްތައް އިތުރުކުރުމަށް ފަހިވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސޭޝެލްސްގެ ރައީސްގެ ދަތުރުފުޅަކީ، ނިޔާމަ، އުފާވެރި ދަތުރުފުޅަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާ، ހަމަ އެހެންމެ، އެނބުރި ޤައުމަށް ވަޑައިގަންނަވާއިރު، ރާއްޖޭގެ އުފާވެރި ހަނދާންތައް ގެންދަވާނެ ކަމަށްވެސް އުންމީދު ކުރައްވާކަމަށެވެ. އަދި ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ގާތް އެކުވެރިއެއް، އަދި ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނާނެކަމުގެ ފުރިހަމަ ޢިތުބާރާއި ޔަޤީންކަން އަރުވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.