Advertisement

"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" އުފެއްދެވުމުގެ ހުއްދަ އާތިފަށް ދެއްވުން --- ފޮޓޯ: އިލެކްޝަންސް

07 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އާސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި

"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ.ފެހިވިނަ، މުޙައްމަދު ޢާޠިފަށް ކޮމިޝަނުން މިއަދު ދީފިއެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވި، މުޙައްމަދު އާތިފަކީ، ބަނގުލަދޭޝްގައި މެޑިސިންގ ދާއިރާއިން ކިޔަވަމުން ދަނިކޮށް މަރުވި، ރައުދާ އާތިފްގެ ބައްޕައެވެ. ރައުދާ އާތިފްގެ މަރާއި ގުޅިގެން ހިންގި ތަޙްޤީޤުތައް އާތިފް ޤަބޫލެއް ނުކުރައްވައެވެެ. އަދި އެކަމުގައި އޭނާ ވަނީ ސަރުކާރަށާއި ފުލުހުންގެ އިސްވެރިންނަށްވެސް ތުހުމަތުތައް ކުރައްވާފައެވެ.

ރައުދާ އާތިފްގެ މަރަށް ފަހުގައި ސިޔާސީ ކަންކަމުގައި އާތިފް ގެންދެވީ ވާހަކަފުޅުތައް ދައްކަވަމުންނެވެ. މިގޮތުން އޭނާ ވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އިޢުލާނުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.