Advertisement

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދާއި، ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމް.ޔޫ.އެމް ޢަލީ ޞަބްރީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

07 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ސްރީލަންކާއާ ދިވެހިރާއްޖެއިން 3 އެއްބަސްވުމެއްގައި ސޮއެކޮށްފި

ސްރީލަންކާ އާއި ދިވެހިރާއްޖެއިން 3 އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްރީލަންކާގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރާއްޖެ - ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ހަތަރުވަނަ ސެޝަންގައެވެ. އެއްބަސްވުންތަކުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު ހިޒް އެކްސެލެންސީ އަބްދުالله ޝާހިދާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު ހިޒް އެކްސެލެންސީ އެމް.ޔޫ.އެމް ޢަލީ ޞަބްރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، ސްރީލަންކާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ބިނާކުރުމުގެ އެއްބަސްވުމަކާއި، ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި، ޘަޤާފީގުޅުންތައް ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެކެވެ. 

މި އެއްބަސްވުންތަކުގެ މަޤްޞަދަކީ ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ޘަގާފީ އަދި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުން ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވާފައިވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު މިހާރު ހުންނެވީ، ސްރީލަންކާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.