Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

12 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްމްހޫރިއްޔާގެ އަނިބިކަނބަލުން ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވައިފި

ރައީސުލްމްހޫރިއްޔާގެ އަނިބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުންގެ މިބައްދަލުކުރެއްވުން މިއަދު އޮތީ، މުލީއާގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ، ސޭޝެލްސްއާ ދިވެހިރާއްޖެއަކީ އެއްގޮތަށްވުރެ ގިނަ ގޮތުން އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެޤައުމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ސީޝެލްސްގެ ރައީސްގެ އަނބިކަނބަލުން އެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރައްވާފައިވާ ނަމޫނާ މަސައްކަތްތަކާއި ހޯއްދަވާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، އެކަމަނާއަކީ އަންހެނުން އިސްނަގައި ކުރިއަށް ދިޔުމަށް ނަމޫނާ ކަނބަލެއް ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންވެސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން އެކަމަނާގެ ތަޖުރިބާތައް ހިއްޞާކުރައްވައި އެދާއިރާގައި އަންހެނުންނަށް ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. 

މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް ރައްކާތެރިކަންދީ ބެެލެހެއްޓުމާއި، ގުޅޭ ގޮތުންނާއި އެދާއިރާއިން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމާއި ގުޅޭކަންކަމުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންގެ މިބައްދަލުކުރެއްވުމަށްފަހު، އެދެބޭފުޅުން ވަނީ، ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.