Advertisement

ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫ ހުންނާނެ ގޮތުގެ ތްރީޑީ ފޮޓޯއެއް --

04 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލްގައި ބޮޑެތި މީހުންގެ އައިސީޔޫއަކާއި، ތުއްތު ކުދިންގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް މިއަދު އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު އެސްޓީއޯ ހެޑްއޮފީހުގައެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ،  އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ސަޢީދެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ، އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސަޢީދެވެ.

39 މިލިޔަން ރުފިޔާގެ މިމަޝްރޫޢު ނިންމުމަށް އެސްޓީއޯއަށް ދީފައި ވަނީ 204 ދުވަހުގެ މުއްދަތެކެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު އައިސީޔޫގެ ޚިދުމަތް ދެވެން ނެތުމާއި އެކު އައިސީޔޫގައި ފަރުވާދޭންޖެހޭ ބަލިމީހުންނާއި ކުޑަކުދިން އެހޮސްޕިޓަލުން ފޮނުވަނީ އެހެން ހޮސްޕިޓަލްތަކަށެވެ.

ހުޅުމާލެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ އައިސީޔޫއާ އެންއައިސީޔޫ އަކީ އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތް ދެވޭނޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.