Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފެއްޓެވުން --

09 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ކެމްޕޭން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީގޮތުން ފެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަސްމީ ކެމްޕޭން ފަށާނީ ށ. ފޯކައިދޫއިންނެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި، ށ.އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެއެވެ. މިގޮތުން، ކޮމަންޑޫ، ނޫމަރާ، އަދި މަރޮއްޓަށް އެމަނިކުފާނު ވަޑައިގެން އެރަށްރަށުގައިވެސް ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމޑީޕީގެ ކެމްޕޭން މިދަތުރުގައި އެމްޑީޕީއާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދާފައިވާ، އަދާލަތުޕާޓީއާ އެމްޑީއޭގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ށ. އަތޮޅަކީ، މިސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަތޮޅެކެވެ. އެ އަތޮޅުގައި މިހާރުވެސް ޢުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ދަނީ ހިނގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.