Advertisement

05 Jul 2023
ޚަބަރު
މިފްތާޙް މުޙައްމަދު

ޕާސްޕޯޓުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކޮށްފި

އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް, ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން އިތުރު ބަދަލުތަކެއް ގެނައުމަށް ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސެއިން ނިންމަވައިފިއެވެ. މިކަން އިއުލާން ކުރެއްވީ ކޮންޓްރޯލަރ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް @ibusolih އިސްވެ ހުންނަވައި، އަޅުގަނޑުމެން ކެނޑިނޭޅި މި ކުރާމަސައްކަތަކީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން. އެގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ޚިދުމަތް އެއްކޮށް ޑިޖިޓަލައިޒްކޮށް، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއިފަސޭހަ އަދި  އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް.  #RayyithingeKhidhumathuga# HeyoVerikan

ކޮންޓްރޯލަރ ހާމަ ކުރައްވާފައިވާ ގޮތުގައި, މި ބަދަލާއިއެކު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް އެއްކޮށް ޑިޖިޓަލައިޒްކޮށް, ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރު ކުރެވިގެން ދާނެއެވެ. މި ކަމާއި ގުޅިގެން އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި, އިމިގްރޭޝަންގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ޚިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ

ޚިދުމަތަށް ގެނެވުނު ބަދަލުތައް:

ފޯމު ފުރިހަމަކޮށް، ސްކޭންކޮށް އަޕްލޯޑު ކުރަން ނުޖެހުން.

ޕާސްޕޯޓަށް އޮންލައިންކޮށް ހުށަހެޅެމުން ދިއަނަމަވެސް، ފޯމު ފުރައި ސޮއިކޮށް، އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާކުރިއެވެ. އެ ޝަކުވާތައް ބަލައިގަނެ މިއަދު މިވަނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުޅަހެޅޭނެ މަގު ފަހިވެގެން ގޮސްފައެވެ.

އައި.ޑީ ކާޑު އަދި ކުރީގެ ޕާސްޕޯޓުގެ ކޮޕީ ދެން ބޭނުމެއް ނުވާނެ.

ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަރވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑް ކުރުމަކީ ކުރިން ކުރަމުން އައި ކަމެއް ނަމަވެސް، މި ބަދަލާއެކު އައި.ޑީ ކާޑޫ އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ވެސް ދެން ބޭނުމެއްނުވާނެއެވެ.

ސޮއި ކޮށްލުމަށްފަހު ފޮޓޯއެއް ނަގައި އަޕްލޯޑްކޮށްލުން.

ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޕްރޮސެސް މުޅިން ޑިޖިޓަލައިޒް ކުރެވުމާއެކު، ހުށަހަޅާ ފަރާތުން ސޮއިކުރުމަށް ވެސް މިވަނީ  ފަސޭހަތަކެއް ލިބިފައެވެ. މި އައި ބަދަލާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރެވިދާނެއެވެ. ނުވަތަ ސޮއި ރަނގަޅަށް ސާފުވާނެ ފަދަ ތަނެއްގައި، (މިސާލަކަށް ހުދު ކުލައިގެ ކަރުދާސް) ދެލި ގަދަ ގަލަމަކުން ސޮއިކޮށްލުމަށްފަހު، އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑް ކޮށްލީމަ ނިމުނީއެވެ. ނަމަވެސް، އަޕްލޯޑު ކުރާ ސޮއި، ޕާސްޕޯޓާ ހަވާލުވުމަށް އަންނައިރު ކުރަންވާނެއެވެ.

އީފާސް މެދުވެރިކޮށް ލޮގިން ވެވުން.

ޕާސްޕޯޓުގެ ޚިދުމަތަށް އެދޭއިރު، އިމުގާ ޕޯޓަލްއަށް ރަޖިސްޓަރކޮށް ވަކި އެކައުންޓެއް ހުޅުވަން ޖެހެއެވެ. މިހާރުގެ ބަދަލާއެކު، ތިބޭފުޅުންގެ އީފާސް އެކައުންޓް މެދުވެރިކޮށް ވެސް އިމުގާ ޕޯޓަލްއަށް ލޮގިން ވެވޭނެއެވެ.

ދެ ޝިފްޓަށް ސްޓާފުން ބަހާލައި ޚިދުމަތް ދޭ ވަގުތު އިތުރުކުރުން.

ޕާސްޕޯޓުގެ ޚިދުމަތަކީ ޑިމާންޑު ބޮޑު ޚިދުމަތެއް ކަމުން، ހަމައެކަނި ރަސްމީ ގަޑީގައި މި ޚިދުމަތް ދިނުމުގެ ބަދަލުގައި ދެދަންފަޅިއަކަށް ބަހާލައި، ޝިފްޓް ޑިއުޓީއަށް ސްޓާފުން ނުކުމެ ޚިދުމަތް ދެވޭނެއެވެ. އެހެންކަމުން، ކުރީގައި ހެނދުނު 8:00 އިން މެންދުރު 14:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ދޫކުރި ނަންބަރު އިތުރު ގަޑިތަކުގައި ދޫކޮށް، ޚިދުމަތްދޭ ވަގުތު ބޮޑުތަނުން އިތުރުކުރެވި، ޕާސްޕޯޓު ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މަދުވެ, ރައްޔިތުން ބޭނުންވާ ފަދަ އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއެވެ. އެގޮތުން ޕާސްޕޯޓު ޚިދުމަތުގެ ގަޑިތައް ބަހާލާފައިވަނީ ތިރީގައި ބަޔާންކޮށްފައި ވާގޮތަށެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތައް:

-       ހެނދުނު 8:30 އިން 12:00 އަށް، އަދި

-       މެންދުރު 12:45 އިން ހަވީރު 17:00 އަށް.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް އިމުގާއިން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 22 ޖުލައި 2020 ގައެވެ. އޭގެ ފަހުން މިހާތަނަށް އޮންލައިންކޮށް 125,600 އަށްވުރެ ގިނަ މީހުން ވަނީ ޕާސްޕޯޓު ހައްދާފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.