Advertisement

ދެކޮމަންޑޫގެ ބިންހިއްކުމާއި ގުޅާލުމުގެ މަޝްރޫއު ހިނގަމުންދާ ސަރަހައްދަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޒިޔާރަތްކުރެއްވުން --

08 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ދެކޮމަންޑޫ ގުޅާލާ ބުރިޖްގެ މަސައްކަތް އޮގަސްޓް މަހު ފަށާނެ: އެމްޓީސީސީ

މަތި ކޮމަންޑޫ ބިންހިއްކުމުގެ މަސައްކަތް ނިންމައި، ދެކޮމަންޑޫ ގުޅާލާ ބުރިޖުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މަތި ކޮމަންޑޫގެ ބިން ހިއްކައި، ދެކޮމަންޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެމައްސަކަތުގެ ދަށުން ކޮމަންޑޫގެ ބިންހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ނިމޭނެ ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ. މަތިކޮމަންޑޫއިން ހިއްކުމަށް ކަނޑައަޅާފައި ވަނީ 16.7 ހެކްޓަރުގެ ބިމެވެ. އަދި ދެކޮމަންޑޫ ގުޅާލުމުގެ ގޮތުން 200 މީޓަރުގެ ބުރިޖެއް އަޅާނެއެވެ، މިމަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިޔަށް ގެންދަވާ މަޝްރޫޢެކެވެ.

މަތި ކޮމަންޑޫ އާއި ކޮމަންޑޫ ހިއްކައި ގުޅާލުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ، ހުކުރު ދުވަހު، ކޮމަންޑޫއަށް ޒިޔާރަތްކުރައްވައި، މަސައްކަތް ހިނގަމުންދާ ސަރަހައްދު ބައްލަވާލައްވައި، ކޮމަންޑޫ ކައުންސިލާއި ބައްދަލު ކުރައްވާފައެވެ.

ދެ ކޮމަންޑޫގެ ބިން ހިއްކުމާއި ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ، ކޮމަންޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.