Advertisement

އުދަ އަރައި ބުރިޖުގެ ހުޅުލޭކޮޅު ލައިޓްކައިރިއަށް ވެލިއަރާފައި ---

09 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ހައިވޭއާ ބުރިޖު ލައިޓްކައިރިއަށް އުދައަރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި މޫސުމުގައި އުދަ ބޮޑުވެ ހައިވޭއަށާއި ބުރިޖު ލައިޓްކައިރިއަށް އުދަ އަރައި އެސަރަހައްދަށް ގަލާއި ވެލި އެޅެމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުންގެ ޚިދުމަތު އިޢުލާނުކޮށްފިއެވެ. 

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، ރާއްޖެއަށް މޫސުމީ އުދައިގެ އަސަރުކޮށް ރެޔާ މިއަދު މާލެއަށް އުދައަރާފައި ވަނިކޮށެވެ. އުދަ އެރުމުގެ ސަބަބުން، ހައިވޭ އާއި ސިނަމާލެ ބުރިޖު ގުޅޭ ހިސާބުން، ހުޅުލޭކަންމަތިން ބުރިޖާއި ހައިވޭއަށް ވަނީ ލޮނުއަރައި ގަލާއި ވެލި އެޅިފައެވެ. އަދި މާލޭ ކޮޅުން ސިނަމާލެ ބުރިޖާއި، ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި ޓްރެފިކް ލައިޓްކައިރިން އުދަ އަރައި އެސަރަހައްދަށްވެސް ވަނީ އަކިރިއާ ވެލި އެޅިފައެވެ.

މީގެ އިތުރުން، ލޮނުޒިޔާރަތްކޮޅުން ބްރިޖް ޕްލެޓްފޯމް ކައިރިން އުދައަަރައި، ބޮޑު ތަކުރުފާނު މަގަށްވެސް ގަލާއި ވެލި ވަނީ އެޅިފައެވެ.

ފުލުހުން ވަނީ އެސަރަހައްދުތަކުން ދަތުރުކުރުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތަށް ވެއްޔާއި ގައު މަގަށް އެޅިފައި އޮއްވައި ބާރަށް ސައިކަލު ދުއްވާނަކަށް ކަހާލައިގެން ވެއްޓުމުގެ ހާދިސާތައް ހިނގައި އަނިޔާވުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.