Advertisement

2016 ވަނަ އަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވި ފުޅަނދު ބުރުގެ ތެރެއިން ---

14 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރުގެ މިނިވަން ދުވަސްކުލަގަދަކޮށް ފާހަގަކުރަނީ

މިއަހަރުގެ މިނިވަން ދުވަސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ނެއްޓި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ތާރީޚީ މުނާޞަބަތާއި ގުޅުގައިގެންނެވެ.

2020 ވަނަ އަހަރު ކުރިމަތިވި ކޯވިޑް-19ގެ އާލަމީ ވަބާ އާއި ކުރިމަތިވި އިޤުތިޞާދީ ދަތިތަކާއި ގުޅިގެން ފާއިތުވި އަހަރުތަކުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ބާއްވާފައި ވަނީ ކުޑަކޮށެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރާވާފައި ވަނީ، "މިނިވަން އުފާ - މުޅިރާއްޖެއިން" މިޝިޢާރުގެ ދަށުންނެވެ. މިގޮތުން މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާ އަތޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރާއްވަވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ބައްދަލުކޮށްލެއްވުމާއި، މިނިވަން ދުވަހުގެ ދިދަ ނެގުމާއި، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި، މިނިވަންދުވަހުގެ ޚާއްސަ ކާނިވަލާއި، ފުޅަނދުބުރާއި، އަސްކަރީ ހެވިކަން ދައްކާލުމާއި ޝަރަފްގެ ހިނގާލުން ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެންވެސް ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ހޯމްއެފެއާޒުން ހާމަކުރައްވާގޮތުގައި އަތޮޅުތަކުގައިވެސް މިނިވަންދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.