Advertisement

2021 ވަނަ އަހަރު ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ބޭއްވި ވަރޗުއަލް ބައްދަލުވުން --

12 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 7 ވަނަ ބައްދަލުވުން ބާއްވައިފި

އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް އަދި ސްރީލަންކާ ހިމެނޭ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 7 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުން މިއަދު ބާއްވާފައި ވަނީ ވަރޗުއަލްކޮށެވެ. މިބައްދަލުވުމުގެ އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސޭޝެލްސްގެ ވަފުދުތައް ވަނީ ބައިވެރިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުވުމުގައި ވަނީ 2022 މާރިޗު 9އިން 10އަށް ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 5 ވަނަ ބައްދަލުވުމާއި 2022 ޖުލައި 7 ގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެކި ދާއިރާތަކުން ކުރިޔަށްގެންގޮސްފައިވާ ހަރަކާތްތަކާ ގުޅޭގޮތުންނާއި 2023-2024ގައި ކުރިޔަށްގެންދާނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ވަނީ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން އަންނަ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭއްވުމަށް ވެސް ނިންމާފައިވާ ކަމުގައި އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ކޮލަމްބޯ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2023 އޮކްޓޫބަރު 5-6ގައި މޮރިޝަސްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.