Advertisement

އެމްޑީޕީގެ ކުރީގެ ޗެއާ ޕަރސަން، ރީކޯ މޫސާ މަނިކު ---

14 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނަމަ ބަޣާވާތުގެ ތުހުމަތު ކުރެވޭ މީހުންގެ ފަހަތަކަށް ނާރާނެ: ރީކޯ މޫސަ

އެމްޑީޕީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމުގައި ޤަބޫލު ކުރާނެ ޖާގައެއް ނެތްކަމުގައި، އެމްޑީޕީގެ ކުރީގެ ޗެއާ ޕަރަސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވެއްޖެއެވެ،

މޫސަ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެމްޕޭން، "އުފާވެރި އަމާންރާއްޖެ" ޝިއާރުގެ ދަށުން ރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވީ، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓިގެން ދިޔަ ގޮތް މިހާރު ސާފުވާ ކަމަށެވެ. އަދި އޭރު އެއީ ބަޣާވާތެކޭ ހީވިޔަސް މިހާރު މަންޒަރު ބަދަލުވެއްޖެ ކަމުގައި މޫސަ ވިދާޅުވިއެވެ.

"ކޮށިދަނޑު ގެއްލި، ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލޭ ހިސާބަށް ދިޔައީމާ އަލިފާންކަހަލަ ރުޅިއައިސްގެން މީހަކު އަޅުގަނޑުމެންގެ ތެރެއިން ދުއްވައިގަތީމާ މިއެނގުނީ މިވީ ގޮތް، ބަޣާވާތެއް ނޫންކަން އެއީ، ބަޣާވާތެއް އައިނަމަ ހުރިހާ ބާޣީން ކޮނޑަށް ލައިގެން ނުހިނގާނެތާ މިއަދަކު. ހިނގާނެތޯ؟ އަޅުގަނޑުތޯ ގޯހީ އެހެން ޕާޓީއަކަށް ދިޔައީމަ. އެހެންވީމާ މިދަންނަވާލީ. އެކަން ހިނގާ ދިޔަ ގޮތަކީ މީ. ބަޣާވާތުގެ ނަން ގެނައީ. މިއަދު އަޅުގަނޑުމެންނަކަށްނެތް އެވާހަކަ ދެއްކޭކަށް؛ ލަދުވެސް ގަނޭ އެވާހަކަދައްކަން. މިދެންނެވި ގޮތަށްވީމަ. ފުރުޓް ސެލަޑް. ހުރިހާ މީހުން އެކައްޗަކަށްވީ." 

އެމްޑީޕީގެ ކުރީގެ ޗެއާ ޕަރސަން، ރީކޯ މޫސާ މަނިކު 

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައީ 23 ޑިސެމްބަރު 2011އިން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ސަރުކާރާއި ދެކޮލަށް ކުރަމުން ދިޔަ މުޒާހަރާތަކުގެ ތެރެއިންް އުފެދެމުން ދިޔަ ހަމަނުޖެހުންތަކާއި އެކު ރައީސް ނަޝީދުގެ ސަރުކާރަށް އެޅުއްވެމުންދިޔަ ގޯސް ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. މިގޮތުން ޤާނޫނީ އިމުން ބޭރުން ރައީސް ނަޝީދުގެ ސަރުކާރުން ކުރި ކަންކަމުގެ ތެރޭގައި، ކްރިމިނަލްކޯޓުގެ އޭރުގެ އިސް ޤާޟީ ޢަބުދުﷲ މުހައްމަދު، ޤާނޫނީ ތަރަހައިން ބޭރުން ހައްޔަރުކޮށްގެން ގެންގޮސް އާރަށުގައި ބެހެއްޓުމާއި، ސްޕްރީމްކޯޓުގެ ތަޅުއެޅުވުމާއި، ޤާނޫނާއި ޚިލާފު އަމުރުތައް ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ނެރެމުން ދިޔުން ހިމެނުނެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ، 2012 ވަނަ އަހަރުގެ ފެބުރުުއަރީ މަހުގެ 7 ވަނަ ދުވަހު، ފުލުހުންނާއި ސިފައިންނާއި ދެމެދު ކުރިމަތިލުންތައް ހިނގުމަށްފަހުގައި، ދިވެހި ސިފައިންގެ ޗެއިން އޮފް ކޮމާންޑް ގެއްލި ސިފައިންވެސް އިހްތިޖާޖު ކުރަމުން ދިޔަ ފުލުހުންގެ ސަފުތަކާއި ގުޅުމުންނެވެ. ސަލާމަތީ ޚިދުމަތްތަކުން ރައީސް ނަޝީދުގެ ސަރުކާރަށް އެއްބާރުލުން ނުދޭނެކަން ހާމަކުރުމަށްފަހުގައި ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ މެންދުރުފަހު 1:30 ހާއިރުގައެވެ.

އިސްތިއުފާ ދެއްވުމަށްފަހުގައި، ރައީސް ނަޝީދު ވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމުގައި ވިދާޅުވެ، ފެބުރުއަރީ 8 ވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރުންނާއި އެކު މަގުމައްޗަށް ނުކުންނަވާފައެވެ. އެދުވަހު ރައީސް ނަޝީދުގެ އަރިހުގައި ހުންނެވި ރީކޯ މޫސާމަނިކަށް ފުރާނައަށް ނުރައްކާވާ ދަރަޖައަށް ޖިސްމާނީ އަނިޔާތައް ލިބި އޭޑިކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަޙްޤީޤުކުރުމަށް ކޮމަން ވެލްތުގެ އެހީއާއެކު އުފެއްދެވި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ފައިނަލް ރިޕޯޓުގައި ބުނެފައި ވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ކަމުގައި ބެލެވެން ނެތްކަމަށެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވާން މެދުވެރި ޙާލަތްތަކުގެ ތެރޭގައި ބައެއް ފަރާތްތަކުން ޤާނޫނާއި ޚިލާފަށް ކަންކަންކޮށްފައި ހުރިކަން ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.