Advertisement

ޝައިޚް މުޙައްމަދު ޝިފާނާއި، އަދާލަތު ޕާޓީގެ ބައެއް މެމްބަރުން ---

15 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ޝައިޚް އިމްރާނާއި ގުޅޭ ގޮތުން، ޝައިޚް އާދަމް ނިޝާން ފަތުރާ ނަފްރަތަށް ޝައިޚް ޝިފާން ރައްދު ދެއްވައިފި

ޤުރުއާނުގެ ޢާޔަތެއް ޝައިޚް އާދަމް ނިޝާނަށް ނުބައިކޮށް ކިޔެވުމުން އެއީ ޝައިޚް ނިޝާނަކީ، ކީރިތިޤުރުއާން ތަހްރީފްކޮށް ބަދަލުކުރާ މީހެއްގެ ގޮތުގައި ތުހުމަތު ކުރަންވީ ކަމެއްތޯ ވިދާޅުވެ ޝައިޚް ޝިފާން ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި، ކީރިތި ރަސޫލާގެ ހަޔާތްޕުޅުން، ޝައިޚް އިމްރާން ދެއްކެވި މިސާލަކީ، ނަބިއްޔާގެ ހަދީޘް ބަސްފުޅެއް ނޫންކަމަށް ވިދާޅުވެ، އަދި ޝައިޚް އިމްރާން ނަބިއްޔާގެ މައްޗަށް ދޮގެއް ހެއްދެވިކަމަށް ވިދާޅުވެ، ޝައިޚް އާދަމް ނިޝާން ވަނީ ވީޑިއޯއެއް އާއްމު ކުރައްވާފައެވެ.

ހަރުކަށި ދީނީ ފިކުރަށް ވާގިވެރިވުމާއި މުޖުތަމަޢުގެ އަމަން ނަގާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުތަކާއި ގުޅިގެން މީގެ ކުރިން ޖަލުގައިވެސް ބަންދުކޮށްފައިވާ އާދަމް ނިޝާނަކީ، ސަރުކާރާއި، އަދި ޚާއްސަކޮށް އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާނާއި މެދު ޒާތީގޮތުން ޢަދާވާތްތެރިކަމެއް އޮތްކަމަށް ބަހާއި އަމަލުން ފާހަގަވެފައިވާ ބޭފުޅެކެވެ.

ޝައިޚް އިމްރާން ގެންނެވީ ހަދީސެއް ނޫންކަމަށާއި އެއީ ރަސޫލާގެ މައްޗަށް ހެއްދެވި ދޮގެއްކަމުގައި ވިދާޅުވެ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގެ މަންސަތަކުގައި އެވާހަކަ ދެއްކެވީވެސް ޝައިޚް އާދަމް ނިޝާނެވެ. ޝައިޚް އާދަމް ނިޝާން ހައްދަވައި އާއްމު ކުރެއްވި ވީޑިއޯގައި، ސޫރަތުލް ތައުބާގެ 3 ވަަނަ އާޔަތް ތިލާވަތު ކުރެއްވި އިރު، އެއާޔަތުގެ އެއްކަލިމަ ޝައިޚް އާދަމް ނިޝާން ތިލާވަތު ކުރެއްވީ ރޯނުބައިކޮށްކަން ފާހަގަކުރައްވައި، ޝައިޚް ޝިފާން ކުރެއްވި ޓްވީޓުގައި ވަނީ، އާޔަތް ނުބައިކޮށް ތިލާވަތު ކުރެވުމުން ޝައިޚް ނިޝާނަކީ މާތް الله ގެ ކަލާމްފުޅު ތަޙްރީފްކޮށް ބަދަލު ކުރާމީހެއް ކަމުގައި ތުހުމަތު ކުރަންވީތޯ ސުވާލު ކުރައްވާފައެވެ.

ޝައިޚް ޢިމްރާންގެ ސްޕީޗެއްގައި ރިވާޔަތެއް ކިޔުމުން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ދޮގު ހެދުން ކަމަށް ތުހުމަތުކޮށް ޝައިޚް ނިޝާން @adamnishanali ދެއްކި ވާހަކަ ނިންމާލަމުން ތިލާވަތު ކުރި އާޔަތް ތިޔަ ކިޔުއްވީ ނުބައިކޮށެވެ. ކީރިތި ޤުރުއާންގައި އަލިފްގައި އިބިފިލި ޖަހައިގަން ތިޔަ ކިޔުއްވި “إن الله بريئ” މިއީ ރަގަޅު ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ އަލިފުގައި އަބަފިލި ޖަހައިގެން ކިޔުމެވެ. { وَأَذَ ٰ⁠نࣱ مِّنَ ٱللَّهِ وَرَسُولِهِۦۤ إِلَى ٱلنَّاسِ یَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِیۤءࣱ مِّنَ ٱلۡمُشۡرِكِینَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَیۡرࣱ لَّكُمۡۖ وَإِن تَوَلَّیۡتُمۡ فَٱعۡلَمُوۤا۟ أَنَّكُمۡ غَیۡرُ مُعۡجِزِی ٱللَّهِۗ وَبَشِّرِ ٱلَّذِینَ كَفَرُوا۟ بِعَذَابٍ أَلِیمٍ } [سورة التوبة ٣] އާޔަތް ނުބައިކޮށް ތިލާވަތު ކުރެވުމުން ޝައިޚް ނިޝާނަކީ މާތް  الله ގެ ކަލާމްފުޅު ތަޙްރީފްކޮށް ބަދަލު ކުރާމީހެއް ކަމުގައި ތުހުމަތު ކުރަންވީ ހެއްޔެވެ؟  

ޝައިޚް މުޙައްމަދު ޝިފާން ކުރެއްވި ޓްވީޓް 

ޝައިޚް އިމްރާނުގެ މައްޗަށް ތުހުމަތުކޮށް ޝައިޚް އާދަމް ނިޝާން ހެއްދެވި ވީޑިއާގައި، ސޫރަތުލްތައުބާގެ 3 ވަނަ އާޔަތް ތިލާވަތު ކުރެވިފައި ވަނީ ނުބައިކޮށްކަމަށް ފާހަގަކުރުމާއި ގުޅިގެން، އޭނާ ވަނީ އެކުށް އިސްލާޙްކުރައްވައި ޓްވީޓް ކުރައްވާފައެވެ.

ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް ޝައިޚް އާދަމް ނިޝާން ކުރެއްވި ތުހުމަތާއި ގުޅިގެން، މިނިސްޓަރ އިމްރާންވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ، އެމަނިކުފާނަކީ ކީ ރަސޫލާ صلى الله عليه وسلم ގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޱައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫން. ޝައިޚް އާދަމް ނިޝާނަކީވެސް އެވަރުގެ ބޮޑު އިލްމުވެރިއެއް ކަމުގައި އެމަނިކުފާނަށް ހީފުޅުނުކުރެއްވޭ ކަމަށެވެ. 

އަދި ދަސްކުރަންޖެހެނީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކާއި ދަރުސްތަކުން ކަމުގައިވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި ޝައިޚް (އާދަމް ނިޝާން)ކުރައްވާ ކުއްތަކާ ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ ކުރެއްވޭނެ މާ މޮޅުކަމަކާ ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ކުރައްވަން ނޫޅުއްވާ ކަމުގައިވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ރަސޫލާގެ މައްޗަށް ދޮގެއް ހެއްދެވީ ކަމުގައި ވިދާޅުވެ، ޝައިޚް އާދަމް ނިޝާނު ދެއްކެވި ވާހަކަފުޅަށް އެހެން ބައެއް ޢިލްމްވެރިންވެސް ވަނީ ރައްދު ދެއްވައި، އެކަން އިތުރަށް ތަފްޞީލްކޮށްދެއްވާފައެވެ.

ހޯމް މިނިސްޓަރު އިމްރާން ރަސޫލާގެ މައްޗަށް ދޮގެއް ހެއްދެވީ ކަމަށާއި، ޢަރަބި ބަހުން މިނިސްޓަރ އިމްރާން ވިދާޅުވި އިބާރާތްވެސް ވިދާޅުވީ، ނުބައިކޮށްކަމުގައި ވިދާޅުވެ ޝައިޚް އާދަމް ނިޝާން ހެއްދެވި ވީޑިއޯގައި، ޝައިޚް އާދަމް ނިޝާނަށް ޤުރުއާނުގެ އާޔަތެއް ކިޔެވުނީ ނުބައިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.