Advertisement

14 Jul 2023
ކީއްވެ އިބޫ؟
މިފްތާޙް މުޙައްމަދު

ދުނިޔޭގެ އިޤްތިޞާދު ހުއްޓިފައި އޮތަސް ރާއްޖޭގެ މަޝްރޫއުތައް ކުރިޔަށް ދިޔަ: މެންބަރު ޢީސަ

މިދިޔަ ސަތޭކަ ވަރަކަށް އަހަރު ތެރޭގައި ދުނިޔެއަށް އައި އެންމެ ބޮޑު ލޮޅުން ކަމުގައިވާ، ކޮވިޑް-19 ގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެ، ޤައުމުތަކުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ދުނިޔޭގެ އާބާދި ފުރާނައިގެ ބިރުވެރިކަމެއްގެ ތެރޭގައި އޮވެ، ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައި އޮތް ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިވިއެވެ. މުޅި ދުނިޔެއާއި އަދި ރާއްޖޭގެ ހާލަތު ވެސް މިފަދަ ފައްތަރެއްގައި އޮތް ނާޒުކު ވަގުތުގައި ވެސް، ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ހުއްޓުމެއް އަޔަނުދީ އަދި އިޤްތިޞާދަށް ލޮޅުމެއް އެރިޔަ ނުދީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މެދުނުކެނޑި ހިންގެވީ، ރައީސުލް ޖުމްހޫރިއްޔާއަކީ ހަރުދަނާ ލީޑަރެއް ކަމުގައި ވާތީކަމަށް، ކެނދިކޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ. މެންބަރ އީސަ މިހެން ވިދާޅުވީ، "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ދައުރު ސިފަކުރައްވަމުންނެވެ.

"ދުނިޔޭގެ އިޤްތިޞާދު ހުއްޓިފައި އޮތް ވަގުތެއްގައި ވެސް ތަރައްގީގެ މުހިންމު މަޝްރޫޢުތަކަށް ހުއްޓުމެއް އަޔަނުދީ، އިޤްތިޞާދަށް ލޮޅުމެއް އެރިޔަ ނުދީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، އެންމެ ރަށެއް ވެސް ދޫ ނުކުރައްވައި، ހުރިހާ ރަށެއްގައި މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ހިންގެވި ހަރުދަނާ ލީޑަރެއްގެ ގޮތުގައި އަޅުގަނޑަށް އިބްރާޙިމް މުޙައްމަދު ޞާލިޙް ސިފަވަނީ"، އީސަ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ފުރަތަމަ ފަސް އަހަރު އިތުރަށް ސިފަ ކުރައްވަމުން މެންބަރ އީސަ ވިދާޅުވީ، ރައީސް ޞާލިޙްގެ މި ވެރިކަމަކީ ހަރުދަނާ ވެރިކަމެއް ކަމަށާއި، އަދި ރައީސް ޞާލިޙްއަކީ ވަރަށް ގިނަ މަސައްކަތްތަކެއް، ވަރަށް ތަރުތީބުކޮށް މުޅި ރާއްޖޭގައި ހިންގެވި، އަދި ހިންގަވަމުން ގެންދަވާ ވެރިއެއް ކަމަށެވެ.

އެހެން ރައީސުންނާއި ރައީސް ޞާލިޙް އާއި ހުރި ތަފާތު ސިފަ ކުރައްވަމުން މެންބަރ އީސަ ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން މި އައި ފަސް ވެރިކަމުގެ ތެރޭގައި، ޤައުމު ހަލަބޮލިވިއަ ނުދީ އެންމެ ރަގަޅަށް ހިފެހެއްޓެވި ވެރިއަކީ ރައީސް ޞާލިޙް ކަމަށެވެ.

"ޤައުމު ހަލަބޮލިވިއަ ނުދީ އެންމެ ރަގަޅަށް ހިފެހެއްޓެވި ވެރިއެއްގެ ގޮތުގައި އިބްރާޙިމް މުޙައްމަދު ޞާލިޙް ފާހަގަ ކުރަން ޖެހޭ"، މެންބަރ އީސަ ވިދާޅުވިއެވެ.

އަދި ހަމައެއާއި އެކު، ސިޔާސީ ދައުވާތައް އުފުލުމާއި، ސިޔާސީ މަންފާތަކަށްޓަކައި މީހުން ހައްޔަރު ކުރުމާއި، ދައުލަތުގެ ބާރުތަކުގެ ތެރެއަށް ރައީސް ޞާލިޙް ނުފޫޒު ނުފޯރުވުމީ، އެހެން ރައީސުންނާއި، ރައީސް ޞާލިޙް ތަފާތުވާ އަނެއް މުހިންމު ސަބަބުކަމުގައި އީސަ ފާހަގަކުރެއްވިއެވެ.

"ސިޔާސީ ވާދަވެރިން ހިފާ ހައްޔަރު ކުރުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި އުފުލާ ދައުވާތަކާއި، ދިވެހިރާއްޖޭގެ ދައުލަތުގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމާއި، މި ކަންކަން ހުއްޓަވާލެއްވި ވެރިއެއް"، ކެނދިކޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަޙްމަދު ޢީސާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަކީ ދައްކަވާ ވާހަކައަށް ވުރެން ހަރުދަނާ އަމަލުތައް ގިނަ ވެރިއެއް ކަމަށާއި، އަދި އެބޭފުޅާއަކީ މަޑުމައިތިރި، ކެތްތެރި، އޯގާތެރި، ހަރުދަނާ ލީޑަރެއްގެ ގޮތުގައި ސިފަ ކުރެއްވެވިއެވެ.

އިތުރު ދައުރަކަށް ރައީސް ޞާލިޙް ހޮއްވަވަން ޖެހޭ ސަބަބުތައް ވިދާޅުވަމުން، ކެނދިކޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ވިދާޅުވީ، ރައީސް ޞާލިޙްއަކީ ރަށްރަށުގެ އާބާދީއަށް ނުބައްލަވާ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދަވާ ބޭފުޅެއް ކަމަށެވެ.

މިކަމަށް މިސާލު ޖައްސަވަމުން ވިދާޅުވީ، މީގެ ކުރިން ނ. ހެނބަދޫގެ ގޭގޭގައި ފެންވަރަން ބޭނުންކުރާ ފެނަށް ވުރެން މޫދު ލޮނު ބޭނުން ކުރުން މާ ހިތަށް ފަސޭހަވާނެ ކަމަށާއި، ސަބަބަކީ ވަޅުގެ ފެން ލޮނު ވެފައި ނުބައި ވަސް ދުވިޔަސް މޫދު ލޮނުގައި ނުބައި ވަސް ނުދުވާނެތީއެވެ. ނަމަވެސް މި ދައުރުގައި ރައީސް ޞާލިޙް ވަޑައިގެން އެ ރަށުގެ ފެނުގެ ނިޒާމު އަޅުއްވާދެއްވާ، އެ ރަށުގެ ރައްޔިތުން ގައިން ތާހިރުވެވޭނެ މަގު ފަހިކޮށްދީފައިވާކަމަށް އީސަ ވިދާޅުވިއެވެ.

އިންޓަވިއު ނިންމަވާލެއްވުމުގެ ކުރިން މެންބަރ އީސަ ވިދާޅުވީ، ރައްޔިތުންނަށް އިޙްލާސްތެރިކަމާއިއެކު ޚިދުމަތްކުރެއްވި ވެރިއަކަށް އެއަށްވުރެން ފުޅާކޮށް އެ ޚިދުމަތްކުރަން ފުރުސަތު ދެވެން އޮއްވައި، އެ ފުރުސަތު ހޯދައިދިނުން މުހިންމު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަރުދަނާ ރައްޔިތުންގެ ވިސްނުމަކަށް ވާންވާނީ، ރައްޔިތުންނަށް އިޙްލާސްތެރިކަމާއިއެކު ޚިދުމަތްކުރެއްވި ވެރިއަކަށް، އެއަށްވުރެން ފުޅާކޮށް އެ ޚިދުމަތްކުރަން ފުރުސަތު ދެވެން އޮއްވައި، އެ ފުރުސަތު ހޯދައިދޭން މަސައްކަތްކުރުން"، މެންބަރ އީސަ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އާބާދީއަކީ މި ސަރަޙައްދުގެ ނިސްބަތުން ބެލިޔަސް އެންމެ ތަޢުލީމީ އެއް އާބާދި އޮތް ޤައުމު. އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގަ އެ ހުޅުވާލެއްވި ފުރުސަތަކީ މުސްތަޤްބަލްގަ ދިވެހިރާއްޖެ ވަރު ތަޢުލީމީ އާބާދީއެއް މި ސަރަހައްދުގަ ނެތްވަރު ޤައުމަކަށް އަޅުގަނޑުމެންނަށް ތަޢުލީމީ ގޮތުން ވުމުގެ ފުރުސަތު، ހިލޭ ޑިގްރީއަށް ކިޔަވައިދިނުން، އެންމެ ނިކަމެތި މީހާގެ ދަރިއަށް ވެސް މިއަދު ޑިގްރީއަކާއި ހިސާބަށް ފަސޭހައިން ދިއުމުގެ ފުރުސަތު ހުޅުވާލަދީފަ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގަ މިއޮތީ"، ރާއްޖޭގައި ތައުލީމީ އާބާދީއެއް ބިނާކުރައްވަން ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި އީސަ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ވިދާޅުވީ، " އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގެ ތާރީޙުގައި، މި ޤާނޫނު އަސާސީގެ ދަށުން، ދެވަނަ ދައުރަކަށް ފުރަތަމަ ވެރިކަމަށް އަންނަ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި މިއަންނަ ނޮވެމްބަރ 11 ގައި އިބްރާޙިމް މުޙައްމަދު ޞާލިޙް ހުވާ ކުރާނެ" ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.