Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް -

13 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭކަންކަން ބަލައިގަންނަ ކަމުގެ އުފާ އިޙްސާސްކުރެވޭ: ރައީސް

ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭކަންކަން ރައްޔިތުން ބަލައިގަންނަ ކަމުގެ އުފާ އިޙްސާސްކުރެވޭކަމުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ގުރައިދޫ ދާއިރާގެ ތިން ރަށަކަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރު، ކ ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ގުރައިދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރު އައި އިރު ގުޅިއަކީ، އޭގެ ކުރީގެ ސަރުކާރު ތަކުން އެކަހެރިކޮށް ބާކީކޮށްލާފައި އޮތް ރަށެއް ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ގުޅީގެ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމުގެ ގޮތުން މަޝްރޫޢުތައް ހިންގިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ގުޅިން އެމްޑީޕީއަށް މެޖޯރިޓީ ލިބުނަސް. ގުރައިދޫ ދާއިރާގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭކަން ފާހަގަކުރައްވައި، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި، އެމްޑީޕީއަށް އެގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިޔާ ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބުގައި، ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުކުރާ އިރުގައި، މިދާއިރާއަކީ އޭގެ ތެރޭގައި ހިމެނިގެންދާނެ ދާއިރާއަކަށް ވެގެންދާނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން." 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ކުރިޔަށް އޮތް ދައުރުގައި މިސަރުކާރުން ގުޅީގެ ތަރައްޤީއަށް ކޮށްދޭނޭ ބައެއްކަންކަން ވެސް ހާމަކުރައްވާފައެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި، މިއަދު ހަވީރު ވަނީ މާލެ އަތޮޅު ގުރައިދޫއަށް ވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.