Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

10 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރުން ކޯލިޝަން ދެމެހެއްޓުން: ރައީސުލްޖުމްހޫރިއްޔާ

މިއަދު ރާއްޖޭގައި އޮތް ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރުން ކޯލިޝަން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ގޮތުން، ރޭ ށ. ފޯކައިދޫގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީ އަނެއްކާވެސް އިންތިޚާބަށް ނުކުމެ މިއޮތީ ކޯލިޝަނަކާއި އެކުގައި ކަމަށެވެ. މިގޮތުން އަދާލަތުޕާޓީއާ އެމްޑީއޭއާއެކު އޮތް އެމްޑީޕީގެ ކޯލިޝަނަކީ، ދިވެހިރާއްޖެއަށް ހެޔޮ އެދޭ ކޯލިޝަނެއް ކަމަށާއި، އެކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ދިވެހިރައްޔިތުންނަށް ދެރަގޮތެއް ނޭދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއީ މިރާއްޖޭގައި އުފެދޭ އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށެވެ.

"ތިޔަ ބޭފުޅުން އަދިވެސް ވިސްނަވާ! މިވޭތުވެ ދިޔަ ތަނުގައި، ވެރިކަން ކުރަމުން އައި ފަރާތްތަކަށް ކުރިމަތިވަމުން އައިގޮތް. ވެރިކަމުގައި އޮންނަ ޕާޓީއަކާއި އެކު މީގެ ކުރިން ކޯލިޝަން ހަދާނެ ބަޔަކު ނުވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ވެރިކަމުގައި އޮންނަ ބަޔަކާއި އެކު ކޯލިޝަން ހަދާނެ ބަޔަކު ނުވާކަމަށެވެ. މިގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެގެން ދިޔަގޮތް އެމަނިކުފާނު ވަނީ ވިދާޅުވެދެއްވާފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު އެމްޑިއޭއާ އަދާލަތު ޕާޓީން ވަނީ ކޯލިޝަން ހަދާފައެވެ. އަދި ޖުމްހޫރީޕާޓީއާ އެމްއާރްއެމްއަށް އެމްޑީޕީގެ ފަރާތުން ވަނީ، ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވާފައެވެ. ރާއްޖޭގެ ރިޔާސީ އިންތިޚާބުތަކުގައި އާއްމުން މިހާތަނަށް ވޯޓު ދީފައިވާ ގޮތުގެ ތަފާސް ހިސާބުތަަކަށް ބަލާއިރު، ކޯލިޝަނަކާއި ނުލައި އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެވެއެވެ. އަދި އެކަނި އެއްޕާޓީއަކުން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ވަރަަށް އެއްވެސް ޕާޓީއަކަށް ވޯޓެއްވެސް ހަމަ ނުކުރެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.