Advertisement

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ

28 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވި ސަބަބެއް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމުގައި ހެލްތުން ބުނެފި

ރެއާއި މިއަދު ގްރޭޓާ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމުގައި ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިހެން ބުނެފައި ވަނީ ރެއާ މިއަދު ހޮޑުލުމާއި ބޭރަށް ހިންގާތީ، މާލެގެ މައި ދެހޮސްޕިޓަލަށް ދެއްކުމަށް އަންނަ ބަލި މީހުންގެ ޢަދަދު އިތުރުވެފައިވާކަން އެދެ ހޮސްޕިޓަލުންވެސް ހާމަކޮށް އެކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި ތަފާތު ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ހެލްތު މިނިސްޓްރީން ބުނީ ޜޯގާ އިތުރުވުމާއި ގުޅިގެން އެޗްޕީއޭ އާއި ކަމާއި ބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ފެތުރެމުންދާތީ، އެކަމަށް ސަމާލުކަން ދިނުމަށް ޖުލައި 20 ވަނަ ދުވަހުވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ރެއިންފެށިގެން ކުއްލިއަކަށް ބަލިޖެހިގެން ހޮސްޕިޓަލުތަކަށް ފަރުވާ ހޯދުމަށްދާ މީހުންގެ އަދަދު އިތުރުމާއި ގުޅިގެން އެކަމުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރެއާ މިއަދު މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވީ، ރޭ މާލޭގައި ބޭއްވި މިނިވަންދުވަހުގެ ފުޅަނދު ބުރުގެ ތެރޭގައި ބެހި މެޓާކޭ ކުޑަކުދިން ކާނާ ވިހަވެގެން ކަމަށް ބުނެ ސަރުކާރާއި ދެކޮޅު ފިކުރުގެ ނޫސްތަކާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުން ވަނީ ޚަބަރު ފަތުރާފައެވެ. އެހެން ނަމަވެސް ހޮޑުލުމާއި ބޭރަށް ހިންގުން މިއަދު އިތުރުވީ ވަކި ސަބަބެއް އަދި ދެނެގަނެވިފައި ނުވާކަމުގައި ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ކޮންމެ އަހަރެއްގައިވެސް ޗުއްޓީ ދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ އިތުރުވާކަމަށެވެ. އެހެންކަމުން ބަލިޖެހިފައި ވަނިކޮށް އާއްމު ތަންތަނަށް ނުނުކުތުމަށާއި، ބަލި ޖެހިފައިވާ މީހަކު، ބަލިން ފަސޭހަވެ، ބަލީގެ އަލާމަތްތައް ނުފެންނަތާ 24 އިރު ހަމަނުވަނީސް ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރުން ރަނގަޅު ނޫންކަމަށެވެ. މީގެ އިތުރުން އާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.