Advertisement

މުޙައްމަދު އަޙްމަދު ޙުސައިން (ޙަނަފީ) އެމްޑީޕީއަށް ސޮއެކުރައްވައި މެމްބަރޝިޕް ފޯމްތައް ރައީސުލްޖުމްހޫރިއްޔާ އާ ޙަވާލުކުރެއްވުން ---

27 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އާއިލީ ގިނަ މެމްބަރުންނާއި އެކު ހަނަފީ އެމްޑީޕީއާ ގުޅިވަޑައިގެންފި

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަޙުމަދު ހުސެއިން (ހަނަފީ) މިއަދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. ހަނަފީ އާއި އެކު އާއިލާގެ 60 ވުރެ ގިނަ މެންބަރުން ވެސް ވަނީ މިއަދު އެމްޑީޕީ އާ ގުޅިފައެވެ.

ހަނަފީ އެމްޑީޕީއަށް ސޮއިކުރެއްވީ ސޯލްޓް ކެފޭ ގައެވެ، އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީއަށް ސޮއެކުރެއްވުމަށް ފަހުގައި، ޙަނަފީ ވަނީ، އެމްޑީޕީގެ 60 ވުރެ ގިނަ މެމްބަރޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހަވާލުކޮށްދެއްވާފައެވެ.

މިކަން އިޢުލާން ކުރައްވައި ހަނަފީ ކުރެވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ފުރިހަމަ މާނައިގައި މިނިވަންކަން ޤާއިމްކޮށްދީ، ކުޑަ ރަށެއް، ބޮޑު ރަށެއް ބާކީ ނުކޮށް، ދިވެހީންގެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި، ބަނދަރާއި، މަގާއި، ފެނާއި، ނަރުދަމާއާއި، އާރުޓީއެލް އަކީ މުޅި ރާއްޖޭގެ އިގްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާކަމުގައި ހައްދަވާފައިވާ ކަމުގައެވެ. އަދި ހަނަފީ އާއި ހަނަފީގެ އާއިލާއަކީ މިއަދުން ފެށިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މެމްބަރުން ކަމާއި، ދިވެހީންނަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ހޯއްދަވައިދެއްވާފައިވާ އުފާވެރި އަމާން ރާއްޖެ މިގޮތުގައި ދަމަހައްޓާ، ޤައުމު ބިނާ ކުރެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވަށާޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް މިއަދުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ނިންމާލަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިރާދަކުރެއްވިއްޔާ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް އެއްބުރުން ކާމިޔާބު ކުރެއްވޭނެކަމަށް ވިދާޅުވެފައިވެއެވެ.

ފުރިހަމަ މާނައިގައި މިނިވަންކަން ޤާއިމްކޮށްދީ، ކުޑަ ރަށެއް، ބޮޑު ރަށެއް ބާކީ ނުކޮށް، ދިވެހީންގެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި، ބަނދަރާއި، މަގާއި، ފެނާއި، ނަރުދަމާއާއި، އާރުޓީއެލް އަކީ މުޅި ރާއްޖޭގެ އިގްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހައްދަވައިފި. އެހެންކަމުން، ދިވެހީންނަށް ހޯދައިދީފައިމިވާ އުފާވެރި އަމާން ރާއްޖެ މިގޮތުގައި ދަމަހައްޓާ، ޤައުމު ބިނާ ކުރެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވަށާޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އަޅުގަނޑުގެ ޙިއްސާ ދިނުމަށް، މިއަދުން ފެށިގެން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން.  إن شاء الله އެއްބުރުން!

މުޙައްމަދު އަޙުމަދު ހުސެއިން (ހަނަފީ)

މިސަރުކާރުގައި ޙަނަފީ ހުންނެވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމުގައެވެ. އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ ހަނަފީ އައްޔަނުކުރައްވާފައި ވަނީ، 23 ޑިސެމްބަރު 2018ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.