Advertisement

މިނިވަން ދުވަހުގެ ފުޅަނދު ބުރު ދައްކާޅުން ---

29 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

މިނިވަން އުފާ ކާނިވާ މިރޭ ހުޅުވަނީ

މާލޭގައި އިއްޔެއާ ރޭ އާދަޔާ ޚިލާފަށް ބޭރަށް ހިންގުން އިތުރުވިކަމަށް ފާހަގަކުރެވުމާއި އެކު ފަސްކުރި މިނިވަން އުފާ ކާނިވާ މިރޭ ހުޅުވުމަށް ނިންމައިފިއެވެ.

މިނިވަން އުފާ ކާނިވާ ހުޅުވުމަށް ހަމަޖައްސާފައި ވަނީ މިރޭގެ 8 ޖަހާއިރުގައެވެ. އެޗްޑީސީން ބުނީ، ކާނިވާ މިރެއިން ފެށިގެން 6 ރޭގެ މުއްދަތަށް ކުރިޔަށްދާނެ ކަމަށެވެ. ރޯގާ އާއި ގުޅިގެން އެއްރޭ ކާނިވާ ހުޅުވުން ފަސްކޮށް، މިރޭ އަލުން ހުޅުވާއިރު ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދެއްވުމަށާއި ބަލިވެ އުޅޭ ނަމަ ކާނިވަލަށް ޒިޔާރަތް ނުކުރެއްވުމަށް،  އާބަންކޯ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަނީ އެދިވަޑައިގެންފައެވެ. 

މިރޭ ކާނިވާ ހުޅުވާއިރު ކުރިޔަށް ގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި، ޕެރަމޮޓޯ ހަރަކާތްތަކާއި، ޑްރޯން ޝޯ އަދި ހަވާއެރުވުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި މިރޭ، މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މިރޭ ހަވާއަރުވާނީ، 9:30 ގައެވެ. 

މިނިވަންދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ މިނިވަން އުފާ ކާނިވާ މިރޭ ހުޅުވާއިރި، މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ވަނީ، ފުޅަނދުތައްވެސް ދައްކާލާފައެވެ. ފުޅަނދުތައް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަދު ހަވީރު ސެންތްރަލް ޕާކަށް ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.