Advertisement

29 Jul 2023
ޚަބަރު
މިފްތާޙް މުޙައްމަދު

މާލޭގައި ފެތުރެމުން މިދަނީ ނޯރޯވައިރަސްގެ ރޯގާއެއް

މާލޭ ސަރަޙައްދުގައި މިވަގުތު ހަލުވިކަމާއިއެކު ފެތުރެމުންދާ ރޯގާއަކީ ނޯރޯވައިރަސްގެ ރޯގާއެއްކަމާއި، މިއީ ހަލުވިކަމާއިއެކު ފެތުރޭ ވައިރަސްއެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން ބުނެފިއެވެ. އަދި ޙާއްސަކޮށް ބަންދު ތަންތަނުގައާއި ގިނަ މީހުން އެއްވެ ތިބޭ ތަންތާގައި މި ވައިރަސް ވަރަށް ފަސޭހަކޮށް ފެތުރޭކަމަށް އެ އެޖެންސީއިން ހާމަކުރެއެވެ.

ނޯރޯވައިރަސް އަކީ ކޮބާ؟

ނޯރޯވައިރަސްއަކީ ހޮޑުލުމާއި ބޭރުންހިންގުން ފަތުރާ ވައިރަސްއެކެވެ. މި ވައިރަސްއަށް އިނގިރޭސިވިލާތުގައި "ވިންޓަރ ވޮމިޓިންގ ބަގް" އޭ ވެސް ކިޔައިއުޅެއެވެ.  އެއީ މި ބަލި އެ ގައުމުގައި ބޮޑަށް ފެތުރެނީ ފިނި މޫސުމުގައިކަމަށް ވާތީއެވެ. މި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، މިކަމުން ސަލާމަތްވުމަށް އެހާ ގިނަ ދުވަސް ހޭދަ ނުވާކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އެގޮތުން އާންމު ގޮތެއްގައި ގާތްގަނޑަކަށް ދެ ދުވަސްވަރުތެރޭގައި މި ވައިރަސް ހަށިގަނޑުން ދާކަމަށް ވެސް ވެއެވެ.

އެޗް.ޕީ.އޭ. އިން ވަނީ މި ބަލިން ރައްކާތެރިވާނެ ގޮތްތައް ޙިއްސާ ކޮށްފައެވެ. އެގޮތުން މި ރޯގާ އިން ރައްކާތެރިވުމަށް:

·         ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން

·         ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން

·         ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރި ގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބެހެއްޓުން، އަދި އެއަށްފަހު ބްލީޗް ސާފު ކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުން

·         ބަލީގެ އެއްވެސް އަލާމާތެއް ހުރުމަށްފަހު، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރިނުވުން

·         މީހުން ގިނަ ތަންތަނަށް ނުދިއުން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.