Advertisement

28 Jul 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އައި.އޯ.އައި.ޖީ. އަށް ތައްޔާރުވުމަށް ވޮލީ ޓީމުތައް ތައިލެންޑަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ.) 2023 ގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އަންހެން އަދި ފިރިހެން ވޮލީޓީމު، އެ މުބާރާތަށް ތައްޔާރުވުމަށް ކޭމްޕް ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ތައިލެންޑަށް ފުރައިފިއެވެ.

މި ކޭމްޕާއި ގުޅިގެން ކުޅިވަރު މިނިސްޓަރ އޮނޮރަބަލް އަޙްމަދު މަޙްލޫފް ފާހަގަ ކުރެއްވި ގޮތުގައި، މި ފަހަރު ދިވެހިރާއްޖޭގެ ޓީމުތައް ނިކުންނަނީ 2019 ގައި ލިބުނު 15 މެޑަލަށް ވުރެން އިތުރަށް މެޑަލް ހޯދަން ކަމަށާއި، މިކަން ހާސިލް ކުރުމަށް ފާއިތުވެ ދިޔަ 4 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އަދި މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވެލުމުގެ މަޤްސަދުގައި ކުރާކަމެއް ނޫން ކަމަށާއި، ނަމަވެސް ވަކި ޓާގެޓެއްގައި ނަތީޖާ ނެރުމަށް ކުރާ މަސައްކަތެއް ކަމުގައެވެ.

"2019 ގައި ލިބުނު 15 މެޑަލްގެ ބަދަލުގައި، 2023 ގެ ގޭމްސްގައި އިތުރު މެޑަލްތަކެއް ހޯދުމުގެ އުންމީދުގައި ފާއިތުވި 4 އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ.

މިއަދު އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމުގެ ބަދަލުގައި ޓާގެޓެއް އޮވެގެން މަސައްކަތްކޮށް ނަތީޖާ ނެރުމަށް.

إن شاء الله އެ ބަދަލު ފެންނާނެ."

2019 ވަނަ އަހަރު އައި.އޯ.އައި.ޖީ. ގައި ދިވެހިރާއްޖެ ތަމްސީލް ކުރި ޓީމުތަކުން ވަނީ ޖުމްލަ 15 މެޑަލް ހޯދާފައެވެ. އެއީ 4 ގޯލްޑް މެޑަލް އާއި 4 ރިހި މެޑަލް އާއި އަދި 7 ބްރޯންޒް މެޑަލް އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.