ފަޚުރުވެރި ތާރީޚީ ކާމިޔާބީތަކާއިއެކު އައި ރާއްޖޭގެ ކޮންޓިންޖެންޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަރުޙަބާ ވިދާޅުވެއްޖެ
މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީމަށް މަރުޙަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޖަމާވިއެވެ.