Advertisement

އައި.އޯ.އައި.ޖީގައި ބައިވެރިވި ރާއްޖޭގެ ކޮންޓީންޖެންޓަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވުން --

06 Sep 2023
ޚަބަރު

ފަޚުރުވެރި ތާރީޚީ ކާމިޔާބީތަކާއިއެކު އައި ރާއްޖޭގެ ކޮންޓިންޖެންޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަރުޙަބާ ވިދާޅުވެއްޖެ

ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ ތެރެއިން، ކުޅުންތެރިންނަށް ފަހިކޮށްދެމުން އަންނަ ފުރުޞަތުތަކާއިއެކު، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ފަޚުރުވެރި ރީތި ނަމާއި ތާރީޚީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން، ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އައި.އޯ.އައި.ޖީގައި ރާއްޖެއިން ހޯދި ފަޚުރުވެރި، ތާރީޚީ ކާމިޔާބީތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށާއި، ޓީމުތަަކަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިރޭ ޖުމްހޫރީ މައިދާނުގައެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީމަށް މަރުޙަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޖަމާވިއެވެ.

2019 ވަނަ އަހަރު ރާއްޖެއިން އައި.އޯ.އައިޖީގައި ބައިވެރި ޓީމުތަކުން ޖުމްލަ 15 މެޑަލް ހޯދި އިރު، މިއަހަރު ރާއްޖޭގެ ޓީމުތަކުން ވަނީ، ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 5 ރަން މެޑެއްޔާއި، 9 ރިހި މެޑެއްޔާއި، 14 ލޯ މެޑަލް ހޯދާފައިވެއެވެ. މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރު ކުޅުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ކުޅިވަރުތަކުގައި ވާދަކުރުމަށް ފަހިކޮށްދެމުން އަންނަ ފުރުޞަތުތަކާއިއެކު، އައި.އޯ.އައި.ޖީގެ، ލޯފަން މީހުންގެ 100 މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ ދެ އެތުލީޓުން ވަނީ ލޯ މެޑަލް ވެސް ހޯދާފައެވެ.އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު ބާއްވާފައި ވަނީ، އޮގަސްޓް 25 އިން ސެޕްޓެމްބަރ 3 އަށް، މަޑަގަސްކަރައިގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.