Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް --

26 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

މިދައުރުގެ ތެރޭގައި އައްޑޫ ސިޓީގައި 4 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ: ނައިބު ރައީސް

މިދައުރުގެ ތެރޭގައި އައްޑޫ ސިޓީގައި 4 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުން އިމާރާތްކޮށްދެއްާވާ، އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން ދީނީ ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަމަށާއި އާންމުރައްޔިތުންނާއި ޚާއްސަކޮށް ދަރިވަރުންގެ މެދުގައި ދިނީ ހޭލުންތެރިކަން އިތުުރުކުރެއްވުމަށްވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. މިގޮތުން ދީނީ ރޮނގުން މީހުން ބިނާކުުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތްތަކަށްބަލާއިރު މީގެ ކުރިން ދުވަހަކުވެސް އެމަސައްކަތް ކުރިއަށް ނުގެންދެވޭވަރަށް މިހާރު ދީނީ ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މިއަދު ޢަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއިއެކު އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދާކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ މި ސަރުކާރުން އައްޑޫސިޓީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. 

މިއަދު ޢަމަލީ މަސައްކަތް ފެށުނު އައްޑޫސިޓީ އިސްލާމިކް ސެންޓަރަކީ 1500 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ ސެންޓަރެކެވެ. މި ބިނާގައި މަލްޓިޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމާއި، އިދާރީ މަސައްކަތްކުރުމަށް އޮފީސްބަޔަކާއި، އިސްލާމިކް ލައިބްރަރީއެއްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 55،528،189.74 (ފަންސާސް ފަސް މިލިއަން ފަސްލައްކަ އަށާވީސްހާސް އެއްސަތޭކަ އައްޑިހަ ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި)ގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި، ފެޑޯ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއިކޮށްފައިވަނީ 24 މާރިޗް 2023ގައެވެ. 540 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒަކީ ދެ ފަންގިފިލާއަށް ހަދާ ތަނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.