Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެސްޓީއޯގެ ސްމާޓްޝޮޕް ހުޅުއްވައި ދެއްވުން --

27 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ ރާއްޖޭގެ ފުރަތަމަ ސްމާޓް ޝޮޕް އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ ސްމާޓްޝޮޕް އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވައިފިއެވެ. 

މިކަމަށްޓަކައި މިއަދު ބޭއްްވި ޚާއްޞަ ރަސްމިއްޔާތުގައި މި ފިހާރަ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އެމަނިކުފާނުގެ އަރިހުގައި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޢަބުދުﷲ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެސްްޓީއޯގެ މި ސްމާޓް ފިހާރައަކީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ވިޔަފާރިކުރެވޭ ގޮތަށް ފަރުމާކޮށް ހުޅުވި ރާއްޖޭގެ ފުރަތަމަ ސްމާޓް ފިހާރައެވެ. 

މިފިހާރައިން ވިޔަފާރި ކުރެވޭނީ، އެސްޓީއޯއިން ތަޢާރަފްކޮށްފައިވާ، ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. މިއެޕްލިކޭޝަން ގޫގުލް ސްޓޯރ އިންނާއި އައިޓިއުންސް ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފިހާރައިން ވިޔަފާރު ކުރުވުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް ފިހާރައިގެ ބޭރުގައި އާއްމުންނަށް އެނގޭނެހެން ބަހައްޓާފައިވެއެވެ. 

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މިއީ ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކުރެއްވިއެވެ.

އެސްޓީއޯގެ ސްމާޓް ޝޮޕްއިން ވިޔަފާރި ކުރުމަށް، ފޯނާއި ފޭސް ރިކޮގްނިޝަންވެސް ބޭނުން ކުރެވޭނެއެވެ. އެޕްޑައުންލޯޑް ކުރުމަށްފަހު، ރެޖިސްޓްރީކޮށް ކަސްޓަމަރުގެ ކާޑުގެ މައުލޫމާތު އެންޓަރ ކުރުމުން، ފިހާރައަށް ވަދެވޭނެއެވެ. 

އެސްޓީއޯގެ ސްމާޓްޝޮޕްގައި މައިގަނޑުގޮތެއްގައި ލިބެން ހުންނާނީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ދަޅާއި ފުޅި އަދި ޕެކެޓްގައި ބަންދުކޮށްފައިވާ ކާނާގެ ބާވަތްތަކެވެ.

އެސްޓީއޯ ސްމާޓް ޝޮޕް ހުޅުވާފައި ވަނީ ހުޅުމާލޭ ފޭސް 1ގައި ކުރިންވެސް އެސްޓީއޯގެ ފިހާރަ ހިންގި ތަނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.