Advertisement

ހިމަ ބިހި ޖެހިފައިވާ މީހެއްގެ ހަންގަނޑު --

27 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ހިމަބިހި ޖެހިފައިވާ ބަލި މީހަކު ފެނިއްޖެކަމުގައި އެޗްޕީއޭއިން ބުނެފި

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެއްކަމުގައިވާ، ހިމަ ބިހި ޖެހިފައިވާ މީހަކު މާލެ ސަރަހައްދުން ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ހިމަބިއްސަށް ޕޮޒިޓިވް މީހާއަކީ، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ކަމަށާއި، އޭނާއަށް ބަލިޖެހިފައި ވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި އޭނާއަކީ މީސްލްސްގެ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހެއްކަމަށާއި، ހޮސްޕިޓަލްގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާދެމުން އަންނައިރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަކަމުގައިވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންވެސް ބަލިޖެހިފައިވާ އެހެން މީހަކާއި އެއްތަންވެއްޖެނަމަ ބަލިޖެހުމުގެ %3 ޗާންސް އޮވެއެވެ. އެހެން ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދެއެވެ.

އެޗްޕީއޭއިން ބުނީ، މާލެއިން ހިމަ ބިއްސަށް ޕޮޒިޓިވްވި މީހާވަނީ އޭނާގެ ކިބައިން އެހެން މީހުންނަށް ބަލި ފަތުރާ މުއްދަތުގެ ތެރޭގައި ދަތުރުކޮށް ހޮސްޕިޓަލަށްވެސް ޒިޔާރަތްކޮށްފައެވެ. އެހެންވެ އޭޭނާއާ ބައްދަލުވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގ ހަދައި، ވެކްސިން ދޭންޖެހޭ މީހުންނަށް ވެކްސިން ދިނުންވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

ހިމަ ބިހިޖެހުމުން ފެންނަ އާއްމު ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ހަމުގައި ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސްފޭބުމާއި، ލޯ ރަތްވުންފަދަ އަލާމާތްތައްވެސް މިބަލީގައި ފެނެއެވެ. ހިިމަބިހީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވައި އެކަން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކުރެއްވުމަށާއި، ސިއްޙީ ޚިދުމަތްތެރިއެއްގެ އެހީ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.