Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

29 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތަށް ޚިދުމަތް ކުރެއްވުމަކީ ކޮންމެ ޒުވާނެއްގެ ވެސް އުފަލަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ދައުލަތަށް ޚިދުމަތް ކުރެއްވުމަކީ ކޮންމެ ޒުވާނެއްގެ ވެސް އުފަލަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު ޒުވާނުންގެ ކިބައިން މިކަމަށް އެދިވަޑައިގެންނެވީ،  ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އިނާމް ދެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދުގެ ޒުވާނުންނަށް އެމަނިކުފާނު ދަންނަވާލަން އޮތީ، ދައުލަތަށް ޚިދުމަތް ކުރެއްވުމަކީ ކޮންމެ ޒުވާނެއްގެ ވެސް އުފަލަކަށް ހެއްދެވުމަށާ، އޮފީހަށް ވަޑައިގެންނެވުމަކީ ހަމައެކަނި ވަޒީފާއެއް ކަމުގައި ނުހެއްދެވުމަށް ކަމަށެވެ. އަދި ޒުވާނުންނާއި ހަވާލުވެފައި ވަނީ، ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޒިންމާތަކެއް ކަމަށާއި އެއީ ވަރަށް މަތިވެރި ޤައުމީ ވާޖިބެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އވާޖިބުތައް އަދާކުރެއްވުމުގައި، ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މަސައްކަތަށް ވަގުތު ދެއްވައިގެން، ކެތްތެރިކަމާއި ތެދުވެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން ވަޒީފާ އަދާކުރެއްވުމުގައި ދެމިތިއްބަވާނޭ ކަމުގައި އުއްމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތަރައްޤީގެ މަގުގައި މިއަދު އަޅުގަނޑުމެން މިތިބަ ހިސާބަށް އާދެވުނީ، މިއަދު އިނާމު ލިބިވަޑައިގެންނެވި ޚިދުމަތްތެރިންގެ ވަރަށް ބޮޑު ޤުރުބާނީއަކުން. ދައުލަތް ހިންގުމުގައި އެއިން ކޮންމެ ބޭފުޅަކު، އެ ބޭފުޅެއްގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ އަރުވާފައެވެ. އޭގެ ތެރޭގައި ދިވެހި ދައުލަތަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުަމަތްކޮށްދެއްވި 48 ފަރާތެއްވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.