Advertisement

28 Jul 2023
ޚަބަރު
މިފްތާޙް މުޙައްމަދު

އެސްޓީއޯއިން ބޭސް ލިބުމުގައި ދަތިކަމެއް ނެތް

ރާއްޖޭގެ ވެރިރަށް މާލޭގައި ހަލުވިކަމާއިއެކު ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ފެތުރެމުންދާ ހޮޑުލުމާއި ބޮޑުކަމުދިއުމުގެ ރޯގާގެ ގިނަ ކޭސްތަކެއް ރިޕޯޓް ކުރަމުން އަންނަކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މިއަދު ހާމަކޮށްފައެވެ. އަދި މި ރޯގާއާއި ގުޅިގެން މާލެ ސަރަހައްދުގެ އެސްޓީއޯގެ ބޭސް ފިހާރަތަކުން ބޭސް ގަންނަ މިންވަރު އިތުރުވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން މިހާރު ފެތުރެމުންދާ ރޯގާފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީނަމަވެސް، އެސްޓީއޯއިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމަށް އެކުންފުނިން ވަނީ މިއަދު ޔަގީންކޮށްދީފައެވެ.

އެސްޓީއޯއިން އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި އެ ކުންފުނިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި، އިސްރާފުވެސް ކުޑަވާނެ ގޮތަށް ބަލައި އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ބަލައިގެން ކަމަށެވެ. އަދި ރާއްޖޭގައި މޫސުމީ ރޯގާތަށް ފެތުރޭ ދުވަސްވަރުތައް އެކުންފުނިން ދެނެގަނެފައިވާ ކަމަށާއި، އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ އެ ކުންފުނިން ފޯރުކޮށްދެވެމުން ދާނެކަމުގައި އެ ކުންފުނިން ބުނެއެވެ.

ހަލުވިކޮށް ފެތުރެމުންދާ މި ރޯގާ އާއި ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް މިނިވަން އުފާ ކާނިވާ ވެސް ވަނީ ފަސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.