Advertisement

ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަންުން ތައްޔާރުވުމުގެ ތެރެއިން ---

09 Aug 2023
ޚަބަރު

ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކޮށްފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ކަނޑައެޅުމަށް ގުރުއަތު ނަގައި ކެންޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފިއެވެ.

ކެންޑިޑޭޓް ނަމްބަރު ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ، ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ އިންތިޚާބާއި ބެހޭ މަރުކަޒުގައި މިއަދު ހަވީރު 4:30 ގައެވެ.

ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ގުރު ނެގުމުގައި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙާއި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ފިޔަވައި، އެހެން ކެންޑިޑޭޓުން ގުރު ނަގާފައިވަނީ އެބޭފުޅުން އަމިއްލައަށެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުމުގައި، ކެންޑިޑޭޓުންނަށް ލިބުނު ނަމްބަރުތައް ރަސްމީކޮށް އިޢުލާނުކޮށްދެއްވީ، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބެވެ.

ރިޔާސީ އިންތިޚާބުގެ ކެންޑީޑޭޓުން ނަމްބަރު ތަރުތީބުވެފައިވާ ގޮތް:

ކެންޑިޑޭޓް ނަމްބަރު 1 - ޢުމަރު ނަސީރު، އަމިއްލަ ގޮތުން

ކެންޑިޑޭޓް ނަމްބަރު 2 - ޙަސަން ޒަމީލް، އަމިއްލަ ގޮތުން

ކެންޑިޑޭޓް ނަމްބަރު 3 - އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްޑީޕީ

ކެންޑިޑޭޓް ނަމްބަރު 4 - ޑރ މުހައްމަދު މުޢިއްޒު، ޕީއެންސީ

ކެންޑިޑޭޓް ނަމްބަރު 5 - ޤާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީ

ކެންޑިޑޭޓް ނަމްބަރު 6 - ފާރިޝް މައުމޫން، އަމިއްލަ ގޮތުން

ކެންޑިޑޭޓް ނަމްބަރު 7 - އިލްޔާސް ލަބީބް، ދަ ޑިމޮކްރެޓްސް

ކެންޑިޑޭޓް ނަމްބަރު 8 - މުޙައްމަދު ނާޒިމް، އެމްއެންޕީ

ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށްފަހުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވަނީ، ކެންޑިޑޭޓުން ޢަމަލު ކުރަންވީ ގޮތްތަކާއި، އިންތިޚާބީ ޙައްޤުތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭޭއްވުމަށް ހަމަޖައްސާފައި ވަނީ، 9 ސެޕްޓެމްބަރު 2023ވާ ހޮނިހިރު ދުވަހުގައެވެ. މި އިންތިޚާބަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީޕާޓީގެ ކެންޑިޑޓް ޤާސިމް އިބްރާހިމްއާ، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.

ރިޔާސީ އިންތިޚާބަށް ދެން ބާކީ އޮތީ 30 ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.