Advertisement

އާރުޓީއެލް ފެރީއާއި ގުޅޭގޮތުން އައްޑޫގައި މައުލޫމާތުދެނީ. ފޮޓޯ: އެމްޓީސީސީ

09 Aug 2023
ޚަބަރު

އާރުޓީއެލް ހިދުމަތް އައްޑޫގައި ފަށަން ތައްޔާރުވަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ. 

އައްޑޫ ސިޓީގެ އެކި ރަށްތަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައްދަލުކޮށް، ކިޔާލު ހޮދައި މަޝްވަރާކޮށް، އެޚިދުމަތް ވިހާވެސް އަވަހަށް ފެށުމަށް ތައްޔާރުކުރުވުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ.އެމްޓީސީސީން ބުނީ، އައްޑޫ ސިޓީ ގަމާއި ހުޅުމީދޫ، ފޭދޫ އަދި ހިތަދޫގައި އާންމުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ބާއްވާފައިވާކަމަށެވެ.

ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޤައުމީ ފެރީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުން ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދޫ އަތޮޅުގައި ވެސް އާރްޓީއެލްގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

އާރުޓީއެލް ހިދުމަތަކީ މީގެކުރިން ރައްޔިތުން އެއް ރަށުން އަނެއް ރަށައް ދަތުރުކުރުމުގައި އުފުލަމުން އައި ތަކުލީފަށް ނިނުމެއް ގެނެސްދިނުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. ތަފާސްހިސާބަށް ބަލާއިރު، އާރްޓީއެލްގެ ޚިދުމަތް ދޭން ފެށިތާ އަހަރެއްގެ ތެރޭގައި 260000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާއިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. ފެރީގެ ނިޒާމުގެ ސަބަބުން މީގެކުރިން އެކެހެރިވެފައިވާ އެތައް ރަށަކަށް ދިޔުމުގައި ފަސޭހަތަކެއްވަނީ ލިބިފައެވެ. ހަމައެއާއެކު ބޮޑު ހޭދަކޮށްގެން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅު ތެރޭގެ ރަށްރަށަށް ކުރި ދަތުރުތައް ކުޑަ އަގެއްގައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރެވޭނެ މަގު މިހާރުވަނީ ފަހިވެގެންގޮސްފައެވެ. 

މި ހިދުމަތް ފެށުމަކީ އެތަކެއް ރައްޔިތުންގެ މޫނުމައްޗަށް މި ސަރުކާރުން ހިނިތުންވުމާއި ފަސޭހަ ގެނެސްދިން ކަމަކަށް ވަނީ ވެގެންގޮސްފައެވެ. އާރުޓީއެލް ހިދުމަތް ރައްޔިތުން ވަނީ ވަރަށް ބޮޑަށް ބަލައިގަނެފައެވެ. އަދި އެކަމަށްޓަކައި ސަރުކާރަށް ޝުކުރުވެރިވެސް ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.