Advertisement

24 Aug 2023
ޚަބަރު

ދަނޑު ހެއްދުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް "ދަނޑުވެރިޔާ" ވެބްސައިޓް ލޯންޗްކޮށްފި

"ދަނޑުވެރިޔާ" ވެބްސައިޓް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އިފްތިތާހްކޮށްދެއްވައިފިއެވެ. މި ވެބްސައިޓް އިފްތިތާހްކުރެއްވީ މިކަމަށްޓަކައި ށ. ގޮއިދޫގައި ބޭއްވި ހަފްލާއެއްގައެވެ. ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭނެއެވެ.

މިވެބްސައިޓަކީ އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ އެފްއޭއޯއާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިުކަލްޗަރ ގުޅިގެން އިފްތިތާހްކުރި ވެބްސައިޓެކެވެ. މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މި ވެބްސައިޓް މެދުވެރިކޮށް އެކި ވައްތަރުގެ ގޮވާމުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީއާއި އަދި ދަނޑަށް ޖެހޭ ބަލިތަކާއި އެކަންކަން ހައްލުކުރާނެ ގޮތްފަދަ މައުލޫމާތު ލިބެން ހުންނާނެކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މީގެ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށް މައުލޫމާތު ހޯދުމުގައި މިހާރަށްވުރެ ބޮޑަށް ދަނޑުވެރިންނަށް ފަސޭހަކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމަށެވެ. 

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، މިވެބްސައިޓްގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާއި ބެހޭ އެކިއެކި މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެތަކެތި ހައްދާނެ ގޮތާއި، ހައްދާނެ މޫސުމާއި، ބޭސް އަޅަންވީ ގޮތް އެނގިގެންދާނެކަމަށެވެ.

ވެބްސައިޓް ޑިޒައިން ކުރުމުގައި އިސްކަން ދީފައިވާނީ ދަނޑުވެރިޔާއާއި މިނިސްޓްރީއަށް ފަސޭހައިން ވާހަކަދެކެވޭ ގޮތައް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ދަނޑުވެރިޔާގެ އެއްވެސް ސުވާލެއް އޮތްނަމަ މިނިސްޓްރީގެ މާހިރުންނާއި ވާހަކަދެކެވޭނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.  

ވެބްސައިޓުގެ އެޑްރެސް: https://dhanduveriya.gov.mv/

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.