Advertisement

23 Aug 2023
ޚަބަރު

ކައުންސިލްތަކުގެ މާލީ އެހީ އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ލޯކަލް ކައުންސިލްތަކަށްދޭ މާލީ އެހީ އިތުރު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ކެންޕެއިން ދަތުރުފުޅެއްގައި މިއަދު ރ. ކިނޮޅަހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައި ގޮތް ނިންމަން ރައީސް އޮފީހަށް ސިޓީ ފޮނުވަން ވެއްޖެ ނަމަ ފަސް އަހަރުގެ ތެރޭގައި ކުރަން ހުރި ކަންތައްތަކެއް ނުކުރެވި، ހެޔޮ ވެރިކަމެއް ނުކުރެވޭނެކަމަށެވެ. 

ބައެއް ފަހަރު ބާރުތައް ދޫކޮށްގެން މަސައްކަތް ކުރަން އުނދަގޫވިޔަސް، ޖުމްލަކޮށް ރާއްޖެ އަށް ގެންނަ ތަރައްގީގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ލާމަރުކަޒީކޮށް، ބާރުތައް ދޫކުރުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ބަޖެޓު ވެސް ދޫކޮށްލަންވީ ކައުންސިލްތަކަށް. ކުރިއަށް އޮތް ދައުރުގައި ހެޔޮވެރިކަމުގެ ސިޔާސަތުގައި ކައުންސިލްތައް ބާރުވެރިކުރުވައި ފައިސާ، ބަޖެޓު މިހާރަށް ވުރެ ބޮޑުކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ސިޓީއާއި ރަށްތަކުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމާއި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ކައުންސިލްތަކުން މާލީ އިދާރާތަކާ ގުޅިގެން ލޯނު ނެގުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށެވެ. މީގެކުރިން ބާރުތައް ބަނދެވިފައި އޮތް ކައުންސިލްތަކަށް މި ސަރުކާރުން ބޮޑެތި ބާރުތަކެއްދީ ވަނީ ކައުންސިލްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދީފައެވެ. މިކަމަށް ކައުންސިލްތަކުން ސަރުކާރަށް ޝުކުރުވެސް އަދާކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.