Advertisement

22 Aug 2023
ޚަބަރު

ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެސްޓީއޯއިން އަނެއްކާވެސް އިތުރު ބޮޅެއް

ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ތަރައްގީކުރުމަގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސީއެސްއެސްޑީގެ ސެޓަޕެއް ކުރަހައި، މި ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނައުމާއި، އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް އެސްޓީއޯއިން ސްޕެއިންގެ ކުންފުންޏެއްކަމަށްވާ "މަޓަޗާނާ" އާއި އެއްބަސްވުމއްގައި ވަނީ މިއަދު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، މި މަސައްކަތް 262 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ.

ސީއެސްއެސްޑީ އަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ޑިޕާޓްމެންޓެކެވެ. އެހެންކަމުން މިއީ ކޮންމެ ހޮސްޕިޓަލަކަށްވެސް ވަރަށް މުހިންމު ސެޓަޕެކެވެ. އެއީ އޮޕަރޭޝަން ތިއޭޓަރފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެންކަމަށް ވާތީއެވެ.

ސީއެސްއެސްޑީގެ ސެޓަޕްގެ ކުރިއެރުމެއް

މަސައްކަތް ހަވާލު ކުރެވުނު ކުންފުންޏަށް ބަލާލާއިރު، ސްޕެއިންގެ "މަޓަޗާނާ" ބްރޭންޑަކީ މި ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާހުރި ކުންފުންޏެކެވެ. އަދި މިއީ އެސްޓީއޯއަށް އައު ބައެއް ވެސް ނޫނެވެ. މީގެ ކުރިން، އެ ކުންފުނިން ވަނީ މި ބްރޭންޑްގެ ސްޓެރިލައިޒޭޝަން އިކުއިޕްމެޓް އައިޖީއެމްއެޗް ގައި އިންސްޓޯލްކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީފައެވެ.

ސީއެސްޑީއައި ގާއިމްކުރަން މި ސޮއިކުރެވުނު ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ، އަދި ބަލިމީހުން ޚިދުމަތް ހޯދާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ހޮސްޕިޓަލެކެވެ. އެހެންކަމުން މި ހޮސްޕިޓަލަށް ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.

މިކަމާއި ގުޅިގެން އެސްޓީއޯއިން ހިއްސާކޮށްފައިވާ ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކާއި އެހީ ވެދިނުމަށްކަމަށްށެވެ. އަދި އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެފަދަ ކަންތައްތައް ކުރުމަށް އިސްކަންދޭކަމަށް ވެސް އެ ކުންފުނިން ހާމަކުރިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.