Advertisement

ފޮޓޯ: ޕްލޭނިން މިނިސްޓްރީ

22 Aug 2023
ޚަބަރު

2 ރަށެއްގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

2 ރަށެއްގެ ބިން ހިއްކުމާއި، 2 ރަށެއްގެ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައި މި 4 މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.

މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ށ. ފުނަދޫ ބިން ހިއްކުމާއި، ތ. ކިނބިދޫ ބިން ހިއްކުމާއި، ބ. ތުޅާދޫ އެއްގަމު ތޮއްޓާއި ބޭރުތޮށި އަޕްގްރޭޑްކުރުމުގެ އިތުރުން މ. ރަތްމަންދޫ ބަނދަރު ތަރައްޤީކޮށް ގޮނޑޮދޮށް ޚިމާޔަތްކުރުން ހިމެނެއެވެ.

ށ. ފުނަދޫ ބިން ހިއްކުން

* މަސައްކަތް ޙަވާލުކޮށްފައިވަނީ 360 ދުވަހުން ނިންމާގޮތަށް.

* 139 މިލިއަނަށްވުރެ ގިނަ ރުފިޔާ.

* މި މަޝްރޫޢުގެ ދަށުން ފުނަދޫއިން 25 ހެކްޓަރުގެ ބިން ހިއްކާނެ.

ތ. ކިނބިދޫ ބިން ހިއްކުން

* ޙަވާލުކޮށްފައިވަނީ 340 ދުވަހުން މަސައްކަތް ނިންމާގޮތަށް.

* މިއީ 148 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއް. 

* 25 ހެކްޓަރުގެ ބިން ހިއްކާނެ.

ބ. ތުޅާދޫ އެއްގަމުތޮށި އަދި ބޭރުތޮށި އަޕްގްރޭޑްކުރުން

* މަސައްކަތް ޙަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް.

* 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ. 

* 551.91 މީޓަރުގެ އެއްގަމުތޮއްޓެއް ލާނެ.

* 551.91 މީޓަރުގެ ސްކަވަރ އޭޕްރޮންއެއް ލާނެ.

* 1 ރޭމްޕު ހެދުމާއި، 11 މޫރިން ބޮއި ހަރުކޮށް، 468 މީޓަރުގެ ބޭރުތޮއްޓެއް ޖަހާނެ.

* 15 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރއެއް ޖެހުމާއި 1 ޖެޓީ ހެދުމާއި 1 އެކްސެސް ޕްލޭޓްފޯމެއް ހަދާނެ.

މ. ރަތްމަންދޫ ބަނދަރު

* 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުން.

* 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ.

* ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ އިތުރުން 254 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުމާއި، 26 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ.

* 20 މީޓަރުގެ ގްރޮއިން ޖެހުމާއި، 192 މީޓަރުގެ ސޭންޑް-ފިލް ބްރޭކްވޯޓަރ ޖެހުމާއި، 85 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރ ޖަހާ، 15 މީޓަރުގެ ސަމްބާޖް ބްރޭކްވޯޓަރ ޖެހުންވެސް ހިމެނޭ.

* ބްރިޖަކާއި ރޭމްޕެއް ހެދުމާއި، މޫރިން ބޮއި ހަރުކުރުމާއި، މަގުބައްތި ޖެހުމާއި، އެއްގަމުތޮށީގެ ވަށައިގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދުމަށް ކާނުތައް ބެހެއްޓުމުގެ އިތުރުން ނެރު ބައްތި ހަރުކުުރުމުގެ މަސައްކަތް ކުރާނެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.