Advertisement

މާލެ އަތޮޅު ގުޅިފަޅު -- ފޮޓޯ: ނޫން.އެމްވީ

23 Aug 2023
ޚަބަރު

ރައީސް ޔާމީނުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ ދޫކުރި ލިޔުންތައް ހައުސިންގ މިނިސްޓްރީއަށް ހުށައަޅަން އެދިއްޖެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް، "ހިޔާ އެކޮމްޕްލިޝްޑް" ޕްރޮގްރާމްގެ ނަމުގައި، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ބުނެ ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނަށް ދޫކުރި ލިޔުންތަކާއި ގުޅޭ މައުލޫމާތު ހައުސިންގ މިނިސްޓްރީއަށް ހުށައެޅުމަށް އެމިނިސްޓްރީން އެދިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިއަދު ކުރި އާއްމު އިޢުލާނެއްގައި ބުނެފައި ވަނީ، ރައީސް ޔާމީނުގެ ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގޯއްޗާއި ފުލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައިވާ އެފަދަ ލިޔުންތައް އެކިފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅަމުން ގެންދާކަމަށެވެ. އަދި ސަރުކާރު ބަދަލުވި އިރު އެއާގުޅޭ ލިޔެކިޔުންތައް އެމިނިސްޓްރީގައި ފެންނަން ނެތްކަމުގައިވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންވެ އެކަން ހިނގާފައިވާގޮތް ބެލުމަށާއި އަދި ލިޔުން ޙަވާލުކޮށްފައިވާ މީހުންގެ އަދަދު ދެނެގަނެ އެ މައްސަލައަށް ޙައްލުހޯދައިދެވޭނެ ގޮތެއް ބެލުމަށް ބޭނުންވާތީ، އެފަދަ ލިޔުންތައް ލިބިލައްވާފައިވާ އެހެން ފަރާތްތަކުންވެސް އެލިޔުންތަކާއި، ލިޔުންތަކާއި ގުޅޭ މައުލޫމާތު މިނިސްޓްރީއަށް ހުށައެޅުއްވުމަށް އެދޭކަމުގައި ހައުސިންގ މިނިސްޓްރީ ވަނީ ބުނެފައެވެ.

މިގޮތުން ކުރީ ސަރުކާރުގައި، ފުށިދިއްގަރުފަޅާއި ހުޅުމާލެއިން ފްލެޓް ލިބޭނެކަމަށް ދޫކޮށްފައިވާ ލިޔުންތައް، 15 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ މިނިސްޓްރީއަށް ހުށައެޅުއްވުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ. އަދި ލިޔުން ހުށަހަޅުއްވާއިރު ލިޔުމާއި ޙަވާލުވިތަނާއި ތާރީޚް އެނގޭނެ ގޮތަށް ސިޓީއަކާއެކު މިނިސްޓްރީއަށް ހުށައެޅުމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

"ހިޔާ އެކޮމްޕްލިޝްޑް" ޕްރޮގްރާމް، ރައީސް ޔާމީނުގެ ސަރުކާރުން އިޢުލާނުކުރީ 01 އޮގަސްޓް 2018 ގައެވެ. އެޕްރޮގްރާމްގެ ދަށުން، ބިންހިއްކުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނެތް، އަދި ޕްލޭނެއްވެސް ހަދާފައިނެތް، ކ. ފުށިދިއްގަރުފަޅުން 1000 އަކަފޫޓުގެ ގޯތި ލިބިފައިވާ ކަމަށް، އެތައްހާސް ބަޔަކަށް ލިޔުންތައް ދޫކޮށްފައިވެއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ނާކާމިޔާާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، 17 ނޮވެމްބަރު 2018 ވަނަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާކުރެއްވުމުގެ ވަގުތާއި ހަމައަށް، އޭރު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނަވައި، ޑރ. މުހައްމަދު މުޢިއްޒު އެތައްހާސް ބަޔަކަށް ލިޔުންތައް ދޫކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.