Advertisement

ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

23 Aug 2023
ޚަބަރު

ރުއް އިންދުމުގެ ޤައުމީ ޕްރޮގްރާމް ފުޅާކޮށް އަންނަ އަހަރު ފަޅުރަށްތަކުގައިވެސް ރުއް އިންދަނީ

މި ސަރުކާރުން ފައްޓަވާފައިވާ ރުއް އިންދުމުގެ ޤައުމީ ޕްރޮގްރާމް އަންނަ އަހަރު ފުޅާކޮށް ރާއްޖޭގެ ފަޅުރަށްތަކުގައިވެސް ރުއް އިންދަވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރުކުގެ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމް" ށ. ގޮއިދޫގައި ފަށްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރުކުގެ އައު ޖީލެއް އުފެއްދުމަށް ސަރުކާރުން ރާއްޖޭގެ ބިން ބޮޑެތި ރަށްރަށުގައި ރުއް އިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. މިއީ ރާއްޖެއިން ކުރުނބާ އަދި ކާށި ލިބުން ވަރަށް ބޮޑަށް ދަތިވެ ރާއްޖެއިން ބޭރުން މިތަކެތި އެތެރެކުރަން ޖެހުމުގެ ސަބަބުން ސަރުކާރުން ފެއްޓެވި ޕްރޮގްރާމެކެވެ.

އަންނަ އަހަރު ރާއްޖޭގެ ފަޅުރަށްތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ އަހަރަކު ރާއްޖެއަށް 50،000 ރުއް ހަދިޔާކުރެއްވުމަށް ސްރީލަންކާ ސަރުކާރުން މިހާރު އެއްބަސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަންނަ އަހަރު އެބަފަށަން މިއަށްވުރެ ފުޅާކޮށް ރާއްޖޭގެ ފަޅުރަށްތަކުގައިވެސް ތަރުތީބުން ރުއް އިންދުމުގެ މަސައްކަތް. ދާދިފަހުން ސިލޯނަށް ކުރި ދަތުރުގައި ސިލޯނު ސަރުކާރުން ވަނީ ރާއްޖެއަށް އަހަރަކު 50،000 ރުއް ދޭން އެއްބަސްވެފައި." މިނިސްޓަރ ވިދާޅުވިއެވެ.  

ރުކުގެ އައު ޖީލެއް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ދަށުން 5000 ރުއް މިހާރު ގެނެސް އޭގެތެރެއިން 500 ވަރަކަށް ރުއް ފިޔަވައި އެހެން ހުރިހައި ރުކެއް ރަށްރަށައް ބަހައި އިންދުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި އިންދާ ރުއްތަކުގެ ސަބަބުން ކާށި އަދި ކުރުނބާ ނުލިބިގެން އުޅެންޖެހޭ ޖެހުމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މިހާރު އެ ރުއްތައް 2 އަހަރާއި ބައިގެ ތެރޭގައި ފޯދޭނެކަމަށާއި، ރަނގަޅަށް ފޯދިއްޖެނަމަ ގާތްގަނޑަކަށް އަހަރަކު 12 ނުވަތަ 13 އިހާ ކުރުނބާ އަޅާނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.