Advertisement

ވިނަރެސް ފްލެޓްތައް --- ފޮޓޯ: ނޫން.އެމްވީ

21 Aug 2023
ޚަބަރު

ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ، ވިނަރެސް ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް މިއަދު ފްލެޓް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި ފްލެޓްތައް ލިބޭ ބައެއް ފަރާތްތަކަށް ފްލެޓްތަކުގެ ރަމްޒީ ތަޅުދަނޑިތައް ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

މިރަސްމިއްޔާތުަގައި ވަނީ،  ހިޔާ، ސީލައިފް އަދި ގުޅީފަޅު މަޝްރޫޢުގެ ދަށުން އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަތަކުގެ ތެރެއިން ވިނަރެސްއިން ފްލެޓްގަތުމަށް ބޭނުންވި ފަރާތްތަކަށްވެސް ފްލެޓްތަޅުދަނޑި ހަވާލުކޮށްފައެވެ.

ވިނަރެސް މަޝްރޫޢުގެ ދަށުން، 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު ޖުމުލަ 1344 އެޕާޓްމަންޓް ވަނީ ހަދާފައެވެ. ވިނަރެސް ފްލެޓްތަކުގައި ތިންބާވަތެއްގެ ފްލެޓް ހުރެއެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އަދި ސްޓޭންޑަޑް ވިއު އެވެ.

ވިނަރެސް ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް މިއަދު ތަޅުދަނޑިތައް ހަވާލުކުރަން ފަށާފައިވާއިރު، ވިނަރެސް ފްލެޓްތަކުގައި ގްރައުންޑް ފްލޯގައި ހިމެނޭ ކޮމާޝަލް އޭރިއާގެ ޖާގަތައް ކުއްޔަށް ދޫކުރުމަށްވެސް އާބަންކޯއިން މިހާރު ވަނީ ހުޅުވާލާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.