Advertisement

ޗަންދްރަޔާން-3

23 Aug 2023
ޚަބަރު

ޗަންދުރަޔާން 3 ހަނދުގައި ޖެއްސުމާއިއެކު އިންޑިއާ ތާރީޚުގެ ތެރެއަށް

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން، (އިސްރޯ)ގެ ޗަންދްރަޔާން-3 ޕްރޮޖެކްޓްގެ ދަށުން ހަނދަށް ފޮނުވި އުޅަނދު މިއަދު ހަވީރު، ހަނދުގައި ޖެއްސުމާއިއެކު، ޖައްވީ ވާދަވެރިކަމުގައި ކާމިޔާބީ ހޯދައި އިންޑިއާ ތާރީޚުގެ ތެރެއަށް ވަދެއްޖެއެެވެ.

ހަނދަށް ކާމިޔާބު ކަމާއެކު އުޅަނދެއް ފޮނުވުމަށް އިންޑިއާއި މީގެ ކުރިން ދެފަހަރު މަސައްކަތްކޮށް ނާކާމިޔާބުވުމަށް ފަހުގައި މިފަހަރުގެ މިޝަންއަށް މުޅި އިންޑިޔާވެސް އަދި ދުނިޔޭގެ ސަމާލުކަންވެސް އޮތީ ލިބިފައެވެ.

ޗަންދްރަޔާން-3 ހަނދަން ކުރާ ދަތުރު ފަށާފައި ވަނީ، ހުސްވި ޖުލައި މަހުގެ 14 ވަނަ ދުވަހުގައެވެ. މި މިޝަންގައި އިންޑިއާއިން އަމާޒު ހިފާފައި އޮތީ މީގެ ކުރިން އެއްވެސް ޤައުމަކުން ގޮސްފައި ނުވާ ހަނދުގެ ދެކުނު ތަނޑިއަށް އުޅަނދެއް ފޮނުވާށެވެ. މިއީ ހަނދުގެ ދައުރުވުމުގައި ދުނިޔެއާ ދުރުގައިވާ ފަޅިއެވެ. މީގެ އިތުރުން ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދެއް ޖެއްސުމަށް، ރަޝިއާއިން ކުރި މަސައްކަތް ނާކާމިޔާބުވެ ލޫނާ-25 ހަނދަށް ވެއްޓި ހަލާކުވުމާއި ގުޅިގެންވެސް އިންޑިއާގެ މިޝަންއަށް ލިބުނު ސަމާލުކަން ބޮޑުވެގެން ދިޔައެވެ. ރަޝިޔާއިން މަސައްކަތް ކުރަމުން ދިޔައީ، ޗަންދްރަޔާން-3 އަށްވުރެ ކުރިން، ލޫނާ-25 ހަނދުގެ ދެކުނު ތަނޑީގައި ޖެއްސުމަށެވެ.

ޗަންދްރަޔާން 3 ހަނދުގައި ޖެއްސީ އިންޑިއާގަޑިން މިއަދު 18:02 ހާއިރުގައެެވެ. އިސްރޯއިން ވަނީ، މިވަގުތު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްފައެވެ. އަދި ޗަންދުރަޔާން 3 ހަނދުގައި ޖެއްސުމާއިއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، މި މުނާޞަބަތު ފާހަގަ ކުރެއްވުމުގައި ގޮތުން، ޤައުމާއި މުޚާތަބު ކުރައްވާފައެވެ. އަދި މިއީ އިންޑިއާއަށް ހޯދުނު ތާރީޚީ މުހިއްމު ކާމިޔާބެއްކަން ފާހަގަކުރައްވައި، އިންޑިއާގެ ކުރިމަގަށް ހޯދުނު ވަރަށް މުހިއްމު ކާމިޔާބީއެއް ކަމުގައި ވިދާޅުވެފައެވެ.

އިންޑިއާގެ ޗަންދްރިޔާން-3 މިޝަންގެ މައިގަނޑު މަގުޞަދަކީ، ހަނދުގެ ދެކުނުތަނޑި ދިރާސާކޮށް، ހަނދުގެ ދެކުނުތަނޑީގައި ގަނޑުފެނާއި އެހެން މިނެރަލްތައް ހުރިތޯ ދެނެގަތުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.