Advertisement

ފޮޓޯ: ސޯސަލް މީޑިއާ

22 Aug 2023
ޚަބަރު

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތައް ބަލާލެވޭ ޕޯޓަލްއެއް

"ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލް" ގެ ނަމުގައި ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް އާރބަންކޯއިން އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްފައި ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ޕޯޓަލުން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްދާގޮތް ވަގުތުން ބަލާލެވޭނެއެވެ. އަދި އެޕާޓްމަންޓެއް ގަންނަން ލިބޭތޯއާއި އެޕާޓްމަންޓުގެ ސައިޒް އެނގޭނެހެން މުހިންމު މަޢޫލޫމާތުތައް މި ޕޯޓަލްގައި ފެންނަން ހުންނާނެއެވެ.

މި ޕޯޓަލްގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ ސައްހަކަން ކަށަވަރުކޮށް، މަޝްރޫޢުތަކާ ބެހޭ މުހިންމު މައުލޫމާތު ބަލައިލެވޭނެ ފަސޭހަގޮތެއް ހަމަޖައްސައިދިނުންކަމަށް އާބަންކޯއިން ބުނެއެވެ. މި ޕޯޓަލަށް ވަދެވޭނީ އީފާސް މެދުވެރިކޮށެވެ.

މި ޕޯޓަލާއި ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މި ޕޯޓަލް ތައާރަފްކުރުމުގެ ބޭނުމަކީ ބައެއް މަޝްރޫއުތަކުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ލިބެންޖެހޭ މަޢުލޫމާތާއި ޙައްޤުތައް ނުލިބުން ފަދަ މައްސަލަތައް ކުރިމަތިވާތީ ކަމަށެވެ. އަދި ޕޯޓަލުގައި ލިބެން ހުންނަ މަޢުލޫމާތު ކޮންމެ މަހަކު އެއްފަހަރު އަޕްޑޭޓްކުރަމުންދާނެކަމަށް އާޠިފް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.