Advertisement

އިއްޔެ ހަނިމާދޫގައި ބޭއްވި މިލިޓަރީ ޕެރޭޑްގެ ޙަރަކާތްތަކުގެ ތެރެއިން ---

26 Aug 2023
ޚަބަރު

ތިލަދުންމަތީގެ ރަށްރަށުގައި އެމްއެންޑީއެފްގެ މިލިޓަރީ ހަރަކާތްތައް ބާއްވަނީ

މިއަދުން ފެށިގެން ކުރިޔަށް އޮތް 4 ދުވަހު، ތިލަދުންމަތީގެ 4 ރަށެއްގައި އެމްއެންޑީއެފްގެ މިލިޓަރީ ޕެރޭޑް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ފެށިގެން ކުރިޔަށް އޮތް 4 ދުަވަހު މިލިޓަރީ ޕެރޭޑްގެ ހަރަކާތްތައް ބާއްވާއިރު، މިއަދު އެހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، ހދ. އަތޮޅުގެ ވެރިކަންކުރާރަށް، ކުޅުދުއްފުށީ ސިޓީގައިކަމަށެވެ. އަދި އާދީއްތަ ދުވަހު، ހއ. އަތޮޅުގެ ވެރިކަންކުރާރަށް، ދިއްދޫގައި މިލިޓަރީ ޕެރޭޑް ބޭއްވުމަށް ހަމަޖައްސާފައި ވާއިރު، ހޯމަދުވަހު މިލިޓަރީ ޕެރޭޑް ބާއްވާނީ، ހއ. އިހަވަންދޫގައެވެ. އަދި އަންގާރަ ދުވަހު މިހަރަކާތް ބާއްވާނީ ހދ. ނޮޅިވަރަށް ފަރުގައެވެ.

އެންއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ޕެރޭޑް ބާއްވާ ހުރިހާ ރަށެއްގައިވެސް ޕެރޭޑް ފަށާނީ، ހަވީރު 16:30ގައެވެ. އެމްއެންޑީއެފުން ބުނީ، މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެއް ކަމަށެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން އެމްއެންޑީއެފުން ވަނީ އިތުރުކޮށްފައެވެ.

ޕެރޭޑްގެ ހަރަކާތްތައް ތިލަދުންމަތީގެ އިތުރު ހަތަރު ރަށެއްގައި ކުރިޔަށް ގެންދާއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން މިހަރަކާތް ފުރަތަމަ ބާއްވާފައި ވަނީ، ހދ. ހަނިމާދޫގައެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު ހދ.ހަނިމާދޫގައި ބޭއްވި ސިފައިންގެ މިލިޓަރީ ޕެރޭޑަށް ފަހު، ކޯސްޓްގާޑް ނޫރައްދީން ލޯންޗު އާއްމުންނަށާއި، ކުޑަކުދިންނަށް ދައްކާލުމުގެ ހަރަކާތެއްވެސް އިއްޔެ ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.