Advertisement

ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނަށް ތޮއްޑޫއަށް ވަޑައިގެންނެވުން --

16 Aug 2023
ޚަބަރު

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް އަރިއަތޮޅަށް ވަޑައިގެންފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު އަރިއަތޮޅަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ޕާޓީތައް ކަމުގައިވާ އަދާލަތު ޕާޓިއާ އެމްޑިއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ތޮއްޑޫއަށެވެ. އޭގެ ފަހުން، ރަސްދޫ، ބޮޑުފޮޅުދޫއަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ، ބޮޑުފުޅުދޫގައި ސަރުކާރުން އަޅާފައިވާ ފުޓުބޯޅަ ދަނޑާއި، ވޮލީކޯޓް ހުޅުއްވައި ދެއްވާފައެވެ.

ކެމްޕޭން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އއ. މަތިވެރިއާ މާޅޮހަށް ވަޑައިގެންނެވީ މިއަދު މެދުރުފަހުގައެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގެ އަރިއުތުރު ޖަލްސާ މިރޭ ބާއްވާނީ، އުކުޅަހުގައެވެ. މިޖަލްސާގައި އެމްޑީޕީ މެނިފެސްޓޯގައި ހިމެނެ ތިންވަނަ ބައި ލޯންޗު ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކެމްޕޭނަށް ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ދަނީ ހޫނު މަރުޙަބާއެއް ދަންނަވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.