Advertisement

ފޮޓޯ: ސޯސަލް މީިޑިއާ

16 Aug 2023
ޚަބަރު

ހުއްދަނެތް ކުންފުނިތަކުން މީހުން އުމަރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ: އިސްލާމިކް މިނިސްޓްރީ

ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިނުވާ ކުންފުނިތަކުން ޢުމްރައަށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވި ނޫސް ބަޔާނެއްގައިވަނީ، އެ މިނިސްޓްރީގެ ހުއްދަ ނުނަގައި، ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ބައެއް ފަރާތްތަކުން ވިޔަފާރި އުސޫލުން، ޢުމްރާއަށް މީހުން ގެންދާކަން ފާހަގަކުރެވޭކަމަށެވެ. އެފަދަ ކަމެއް ކުރާކަން ފާހަގަވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ވަނީ، އެ މިނިސްޓްރީގެ ހުއްދައާއި ނުލައި އެއްވެސް ކުންފުންޏަކުން ޢުމްރާއަށް މީހުން ނުގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

އެއްވެސް މީހަކު އެފަދަ ކުންފުންޏަކަށް ފައިސާ ނުދެއްކުމަށާއި، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ލިބޭ ގެއްލުމެއްގެ ޒިންމާ ނަންގަވަންޖެހޭނީ އެފަރާތަކުން އަމިއްލައަށްކަމަށްވެސް ވިދާޅުވިއެވެ.

ޢުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގައިވާގޮތުން، ކޮންމެ ކުންފުންޏަކަށްވެސް ޢުމްރާއަށް މީހުން ގެންދިއުމަށްހުއްދަ ދެއްވަނީ 2 އަހަރުގެ މުއްދަތަކަށެވެ. ޢުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 41 ކުންފުންޏަކަށް ހުއްދަ ދެއްވާފައެވެ. މި ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ނޮވެންބަރާއި ހަމައަށް 12 ކުންފުންޏެއްގެ ހުއްދައިގެ މުއްދަތު ހަމަވާނެކަމަށް އިސްލާމިކް މިނިސްްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.