Advertisement

ސްކޫލު ކުދިންތަކެއް --

17 Aug 2023
ޚަބަރު

ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް މުޢިއްޒު ވިދާޅުވުމުން ޓީމުން ނުރުހުންފާޅުކޮށްފި

ދިރާސީ އަހަރު ފެށުން ކުރިން އޮތްގޮތަށް ބަދަލު ކުރައްވާނެ ކަމުގައި ވިދާޅުވެ، ރިޔާސީ އިންތީޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅާއި މެދު ޓީމުން ނުރުހުންފާޅުކޮށްފިއެވެ.

އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ދިރާސީ އަހަރުގެ ކިޔެވުން ފެށުން 2025 ވަނަ އަހަރުން ފެށިގެން ޖެނުއަރީމަށް ބަދަލުކުރައްވާނެ ކަމުގައި ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދ ކުޑަހުވަދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް ބަދަލުކުރައްވާނެ ކަމުގައި މުޢިއްޒު ވިދާޅުވުމާއި ގުޅިގެން ރާއްޖޭގެ ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ޖަމިއްޔާ، ޓީމުން ވަނީ މުޢިއްޒަށް ފާޑު ކިޔާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންނެއް އެބަތިއްބެވެ.

މުއިއްޒުގެ ވާހަކައަށް ފާޑުކިޔައި ޓީމުން ބުނެފައި ވަނީ، ދިރާސީ އަހަރު އޮގަސްޓްމަހު ފަށާގޮތަށް ސަރުކާރުން ގެނެސްފައިވާ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށެވެ.

"ސުކޫލްތަކުގެ ބޮޑުބަންދަށް މިހާރު ގެނެވިފައިވާ ބަދަލަކީ މުހިންމު އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ ތަކެއް ހިމެނޭ ޙާއްސަކޮށް ޓޫރިޒަމް މަސައްކަތްތެރިންގެ ބޮޑުމެޖޯރިޓީ އެއް ބޭނުންވެގެން ގެނެވިފައިވާ މުހިންމު ބަދަލެއް! މި ބަދަލު، އަލުން ބަދަލު ކުރަންޖެހޭ އެކަށީގެންވާ ސަބަބެެއް ނެތް!"

ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން 

ދިރާސީ އައު އަހަރު އޮގަސްޓް މަހު ފަށާގޮތަށް ސަރުކާރުން ބަދަލުކުރީ އެކަމާއި ގުޅޭ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކާއ އެކު މަޝްވަރާތައް ކުރުމަށް ފަހުގައެވެ.

ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާފައި، ވަނީ ކޯވިޑް-19ގެ އާލަމީ ވަބާ އާއި ގުޅުގެން ސްކޫލުތަކަށް ދަރިވަރުން ހާޟިރުވެ ކިޔަވައިދިނުން ފެށުމަށްފަހު، 2021 ވަނަ އަހަރުގައެވެ.

ދިރާސީ އައު އަހަރު ފެށުމަށް ގެނައި ބަދަލަކީ އާއްމުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އޮތް މައްސަލައެކެވެ/

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.